ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ޓައިގާ ޝްރޮޕް އާއި ދިޝާ ޕަޓާނީ ގެ ދުވަސްވީ ލޯބީގެ ގުޅުން މިފަހުން ވަނީ ނިމުކަށް އައިސްފައިއެވެ. ދެމީހުންގެ މެދުގައި ޖެހުނީ ކޮން ކަހަލަ މައްސަލައެއް ކަމެއް މީޑިއާ އަށް މިހާތަނަށް ތިލަވެފައިއެއް ނުވެއެވެ.
އަދި ހަމަ އެހެންމެ އެގުޅުމާއި ބެހޭގޮތުން ދެތަރިން ކުރެ އެއްވެސް ތަރިއެއް މިހާތަނަށް ވާހަކަދައްކައިފައިއެއް ވެސް ނުވެއެވެ. ނަމަވެސް ރައްޓެހިވެގެން އުޅޭ ދެ ލޯބިވެރިން ފަދައިން ޗުއްޓީ އަށް ދިއުމާއި އަތާ އަތް ޖޯޑު ކޮށް ފަންގްޝަން ތަކުގައި ބައިވެރި ވުމުގެ އިތުރުން ދިޝާ ގިން ވަގުތު ތަކެއް ޓައިގާ ގެ ގޭގައިވެސް ހޭދަކުރެއެވެ.
ބޮލީވުޑްއަށް ތައާރަފް ވުމުގެ ކުރިން ވެސް އެދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުން ކަމަށް މީޑީއާއިން ވަނީ ރިޕޯޓް ކޮށްފައިއެވެ. ނަމަވެސް މިފަހުން ދެމީޙުންގެ މެދުގައި އޮތް ގުޅުން ނިމުމަކަށް އައިސްފައިވާކަމަށް އަޑުތަށް އެރިތާ މާގިނަ ދުވަހެއް ނުވެ ދިޝާގެ ހަޔާތަށް މިހާރު ވަނީ އައު ލޯބިވެރިއަކު އައިސްފައިއެވެ.
ދިޝާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާގެ ޖިމް އިންސްޓަކްޓަރު އަދި ސާބިއާގެ މޮޑެލް އެއް ކަމުގައިވާ އެލެކްސެންދަރް އެލެސް ލިލިކް އާއިއެވެ. އަދި މި ދެމީހުން މިހާރު ބޭރުތެރެއިން އެކުގައި ވަރަށް ގިނައިން ފެންނަ ކަމަށްވެއެވެ.
މީގެ ކުރިން ވެސް ދިޝާ އާއި އެލްކްސެންދަރް އެކުގައިނަގައިފައިވާ ފޮޓޯ އަދި ޖިމްގައި ކަސްރަތު ކުރަނިކޮން ނަގައިވާ ވީޑިއޯތަށްވެސް ދިޝާ ވަނީ އޭނާގެ އިންސްތަގްރާމްގައި ހިއްސާ ކޮށްފައިއެވެ. އެހެން ކަމުން އެދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށްބެލެވެއެވެ.
ޓައިގާ އާއި ދިޝާ އަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޖޯޑެކެވެ. ޓައިގާ އާއި ދިޝާ ރުޅިވި ވާހަކަ ރިޕޯޓް ކުރުމާއި އެކުގައި އެމީހުން ގެ ސަޕޯޓަރުން ހީކުރީ އެއީ ވަގުތީ ވަކިވުމެއް ކަމަށެވެ. އަދި ގިނަ ދުވަހެއް ނުވެ އަލުން އެމީހުން ގުޅޭނެކަމަށް ފޭނުން އުންމީދު ކުރި ނަަމަވެސް ރިޕޯޓްތަށް ބުނާގޮތުގައި ޓައިގާ އާއި ދިޝާގެ މެދުގައި ޖެހުނީ ހައްލު ނުކުރެވޭ ކަހަލަ ބޮޑެތި މައްސަލަ ތަކެކެވެ. އެހެންވެ ދެ މީހުންވެސް ސުލްހައިގައި ވަކިވީ އެވެ.
2 Responses
މާލޭގަ ވެސް ވަރަށް ގިނަ ޓްރޭނަރުން ކަސްރަތުކުރަން އަންނަމީހުނާ ހިތާވެގެން އިނދޭ ވެސްމެ…
މިސޮރު މާ ކަމަށް ގަދައީ..