އެމްޕީ ނާޒިލްގެ ކޮށްކޮއާއެކު އެމްޑީޕީގެ އިސް ބަޔަކު ޕީޕީއެމްއަށް

އެމްޕީ ނާޒިލްގެ ކޮށްކޮއާއެކު އެމްޑީޕީގެ އިސް ބަޔަކު ޕީޕީއެމްއަށް

Author
ޢަލީ އާދަމް
08 ނޮވެމްބަރ 2022 02:32
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލްގެ ކޮއްކޮއާއކު އެމްޑީޕީގެ އިސް ހަރަކާތްތެރިންތަކެއް ޕީޕީއެމަށް ސޮއިކޮށްފިއެވެ.

މެމްބަރު ނާޒިލްގެ ކޮއްކޮ ނަސްލު އަބްދުﷲ ޕީޕީއެމްއަށް ސޮއިކުރީ މިހާރު އައްޑުއަށް ވަޑައިގެން އުޅުއްވާ ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހިތަދޫ ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނަސްލުއާއެކު ޕީޕީއެމްއާ އަލަށް ގުޅުނު އެމްޑީޕީގެ މެމްބަރުން އެމީހުންގެ ޕީޕީއެމް މެމްބަޝިޕް ފޯމު އެރުވީ ޕީޕީއެމްގެ ރައީސް ޔާމީންގެ އަތްޕުޅަށެވެ. ރައީސް ޔާމީންގެ މި ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ ޝަރީފް)ގެ މަންމާއާއި އެއާއިލާގެ 6 މެންބަރަކުވެސް ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ. އަދި އައްޑޫސިޓީން ގިނަ ޢަދަދެއްގެ އެމްޑީޕީ މެމްބަރުން އަންނަނީ ޕީޕީއެމްއަށް ވަންނަމުންނެވެ. ރައީސް ޔާމީންގެ މިފަހަރުގެ އައްޑޫ ދަތުރުފުޅުގައި އާދަޔާ ޚިލާފަށް ގިނަޢަދަދަކަށް ޢާއްމުން ނުކުމެ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.