"ފްރެޑީ" ގެ ޓީޒާއެއް ދައްކާލައިފި

"ފްރެޑީ" ގެ ޓީޒާއެއް ދައްކާލައިފި

Author
ފާތިމަތު ނާވީ
10 ނޮވެމްބަރ 2022 08:12
0

ޕްރޮޑިއުސަރ އެކްތާ ކަޕޫރާއި ޖޭ ޝެވަކްރަމާނީ އެކުގައި އުފައްދާ ފިލްމު "ފްރެޑީ" ގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ. ސިނަމާގެ ބަދަލުގައި މި ފިލްމު ޕްރިމިއާ ކުރާނީ އޯޓީޓީ ޕްލެޓް ފޯމްގައެވެ.

"ފްރެޑީ" ޕްރިމިއާ ކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި ފިލްމުގައި ކާތިކާ އެކުގައި ފެނިގެންދާނީ ޒުވާން ބަތަލާ އަލާޔާ އެފްއެވެ. ފިލްމުގެ ޓީޒާ އިން ވެސް ވަނީ ފްރެޑީ އަކީ ކިހާ ވަރެއްގެ މީހަކަށް ވާނެކަން ދައްކާލައިފަ އެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާތިކަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު ޒުވާން އެކްޓަރެވެ. މި އަހަރުގެ ރިލީޒް ކުރި އޭނާގެ ފިލްމު "ބޫލް ބުލައްޔާ2″ އަކީ ބޮކްސް އޮފީގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ.

ފިލްމް ގެ ޑައިރެކްޓަރު ޝަޝާންކާ އެންމެ ފަހުން ޑައިރެކްޓް ކުރި "ވީރްދެ ވެޑިން" އަކީ ވަރަށްބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. މި ފިލްމަކީވެސް އެކަތާ ޕްރޮޑިއުސް ކުރި ފިލްމެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.