ހޮނިހިރު ދުވަހެއްގައި ނަމަވެސް މިނިސްޓަރ ދެއްވި ޔަގީންކަމާއިއެކު، އުންމީދު ބޮޑުވެއްޖެ: ހަސަންޓޭ

ހޮނިހިރު ދުވަހެއްގައި ނަމަވެސް މިނިސްޓަރ ދެއްވި ޔަގީންކަމާއިއެކު، އުންމީދު ބޮޑުވެއްޖެ: ހަސަންޓޭ

Author
މުޙައްމަދު ޝަޒައިމް
21 ނޮވެމްބަރ 2020 08:58
0

ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހަކަށް މިއަދު ވެފައި ވީނަމަވެސް ޞީއްޚީ ދާއިރާގެ އާ ވަޒީރު އަހުމަދު ނަސީމާއިއެކު ކުރެވުނު މަޝްވަރާތަކުން އަންނަ އަހަރަށް ކުރެވޭ އުންމީދާއި ޔަގީންކަން ބޮޑުވެފައިވާކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގައި އިނގުރައި ދާއިރާގެ ޞިއްޚީ ކަންކަން ރަނގަޅު ކުރުމަށްޓަކައި މިނިސްޓަރ ނަސީމްއާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ހަސަންޓޭ ވިދާޅުވީ ދާއިރާގެ 5 ރަށުގެ ޞިއްޚީ ކަންކަމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތަކާއިގުޅޭގިތުން މިނިސްޓަރ ނަސީމްއާއިއެކު މަޝްވަރާ ކުރެވިފައިވާކަމަށެވެ. މިއަދަކީ ރަސްމީ ބަންދު ވަހަކަށް ވީނަމަވެސް މިނިސްޓާގެ ފަރާތްޕުޅުން ލިބިފައިވާ ޔަގީންކާއި، ދެއްވި އުންމީދަކީ ކުރިއަށް އޮތް އަހަރުގައި ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއްކަމަށް ހަންޓޭ ވަނީ ވިދާޅުވެފައެވެ.

ދާއިރާގެ 5 ރަށުގެ ޞިއްޙީ ކަން ކަމަށް ގެންނަންޖެހޭ ހެޔޮ ބަދަލު ތަކާ ގުޅޭ ގޮތުން އައު ހެލްތް މިނިސްޓަރ އޮނަރަބްލް އަހުމަދު ނަސީމް އާ ބައްދަލުވެ މަޝްވަރާ ކުރެވިއްޖެ. ހޮނިހިރު ދުވަހެއް ނަމަވެސް މިނިސްޓަރ ދެއްވި ޔަގީން ކަމާ، އަންނަ އަހަރަށް އޮތް އުންމީދު.

– ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާ ލާމަރުކަޒުކޮށްގެން ނޫނީ ދިވެހިރާއްޖެ ދާންވާ މިސްރާބަކަށް ނުގެންދެވޭނެކަމަށާއި، މި ސަރުކާރުން އެކަން ފުރިހަމަ ކުރާނެކަމާމެދު އިތުބާރާއި ޔަޤީންކަން އެބައޮތްކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ކޯވިޑް19 އާއި ގުޅިގެން ގިނަ ދާއިރާތަކެއްގެ މަޝްރޫޢުތަކެއް މަޑު ޖެހިފައިވީނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ އުސޫލުން ރަށްތަކުގެ ޞިއްޚީ ނިޒާމާއި، އެނޫން ދާއިރާތައްވެސް ހަރުދަނާ ކުރުމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާ 4 ބިލިއަން، ތަޢުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، އިޖްތިމާއި ދާއިރާއަށް 3.7 ބިލިއަން ރުފިޔާ، ގެދޮރުވެރިކުރުމަށް 2.3 ބިލިއަން ރުފިޔާ، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރައަށް 1.6 ހިމެނިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރިކަރަންޓް ހަރަދުގެގޮތުން މުސާރާއިގެ ހަރަދާއި އާސަންދައާއި ދުވަސްވީމިހުންނަށް ދޭ އިނާޔަތްތަކާއި ޚައްޞަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތްތައް ހިމަނާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.