ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ރާއްޖެ އަތުވެއްޖެއެވެ.
މީގެ ކުރިން ވެސް ރާއްޖެ އަށް އެކިފަހަރު މަތިން ޒިޔާރަތްކޮށްފައިވާ އެކްޓަރު މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ސިޔާމް މޯލްޑިވްސްގަ އެވެ. އޭނާ ރިސޯޓް އަށް ފައިބަނިކޮށް ނަގައިފައިވާ ވީޑީއޯއެއް ވަނީ ވައިރަލްވެފައިއެވެ.
ފޮޓޯ އަދި ވީޑިއޯ އިން ފެންނަ ގޮތުގައި ސުނިލް ރާއްޖެ އައިސްފައިވަނީ އެކަންޏެވެ. އެއާ ޕޯޓްގައި އޭނާ ހުއްޓައި ނަގައިފާ ފޮޓޯ ތަކުގައި ވެސް ސުނިލް އާއި އެކުގައި އޭނާގެ އަންހެނުން އަދި ދަރިއެއް ވެސް ފެނިފައިއެއް ނުވެއެވެ.
@kalam734758 sunil shetty In Maldives #siyam world#tiktokmaldives #officialeventsmv #foryou #viral
♬ Dil Ne Yeh Kaha Hain Dil Se (From "Dhadkan") – Udit Narayan & Alka Yagnik & Kumar Sanu
61 އަހަރުގެ ސުނިލްގެ ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ. އެކްޝަން ތަރިއެއްގެ ގޮތުގައި މަޝްހޫރު ވިޔަސް އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އަސަރު ގަދަ ލޯބީގެ ފިލްމެއް ކަމަށްވާ 2000 ވަނަ އަހަރުގެ "ދަޅުކަން" އެވެ. މިއަދުވެސް ގިނަ ބައެއްގެ މެދުގައި މި ފިލްމް މަގުބޫލެވެ.
އަދި ހަމަ އެހެންމެ މި ފިލްމް ގެ ލަވަ ތަކަކީ ވަރަށް އަސަރުން ފުރިގެންވާ ގިނަބަޔަކަށް ވަރަށް ކަމުދާ ލަވަ ތަކެކެވެ. މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ސުނިލް އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި ތެލެގޫ ފިލްމު "ގަނީ" ގެ ރޯލަކުންނެވެ.
ކޮމެންޓު ފޮނުވާ