ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރިތާ ދެމަސް ނުވަނީސް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ނިޝާ އެމްޑީޕީއަށް ސޮއިކުރިކަން އެޕާޓިގެ ޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަހީދު ވަނީ ޓްވީޓްކުރައްވާފައެވެ.
މަރިޔަމް ނިޝާ އަށް @MDPSecretariat އާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވަން pic.twitter.com/a6h2seqzC1
— Ibrahim Waheed (@ibreys) November 7, 2022
މަރިޔަމް ނިޝާ ޖޭޕީއަށް ސޮއިކުރީ ސެޕްތެމްބަރު 17ގައެވެ.
ރާއްޖޭގެ ފިލްމީ ބައެއް ތަރިން އަންނަނީ ސިޔާސީ ޕާޓީތަކާ ގުލެމުންނެވެ. އަދި އެ ފަންނާނުން ޕާޓީ އަވަސް އަވަހަށް ބަދަލުކުރާތީ ގިނަ ބަޔަކު ފާޑުކިޔައެވެ.
ކޮމެންޓު ފޮނުވާ