އައްޑޫގައި ކުރިއަށްދާ މަޝްރޫޢުތައް ފެނި ޔާމީން ބަސްހުއްޓިއްޖެ: ނިހާދު

އައްޑޫގައި ކުރިއަށްދާ މަޝްރޫޢުތައް ފެނި ޔާމީން ބަސްހުއްޓިއްޖެ: ނިހާދު

Author
މުޙައްމަދު ޖިމީ
07 ނޮވެމްބަރ 2022 08:32
0

އައްޑޫ ސިޓިގައި މިސަރުކާރުން ހިންގާ މަޝްރޫޢުތައް ގިނަކަމުން، ރައީސްޔާމީން އައްޑޫޢަށް ވާނެ ވަޢުދެއް ނެތްކަމަށާއި، އައްޑޫގެ ތަރައްޤީފެނި އެމަނިކުފާނު ބަސް ހުއްޓިއްޖެކަމަށް އައްޑޫ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. ނިހާދު މިހެން މި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީއަށް ވަޑައިގެންފައިވާތީއެވެ. ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަތުމުން ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ ރައީސް ޔާމީނަށް މަރުޙަބާ ދަންނަވާފައެވެ.

ރައީސް ޔާމީނާއި އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ފާޑުވިދާޅުވެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު ނިހާދު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ޓީމްގެ މެންބަރުންގެ ދުލުން އަބަދުވެސް އިވެމުންދިޔައީ " ހާދަ ކަމެއް އެބަކުރޭ"ކަމަށާއި، އަދި މުޅި އައްޑޫ ސިޓީގައި މަގުހަދައި، އިންޖީނުގެ އައު އޮފީހާއި ސްކޫލާއި މިސްކިތް އަޅަމުން އަންނަކަމުގެ ވާހަކަކަމަށެވެ.

ލިސްޓް ދިގޭ! ޔާމީން ޢަބްދުލްޤައްޔޫމްވެސް ހުރީ ކޮސްވެ ބަސް ހުއްޓިފަ، ދެން ވާނެ ވައުދަކާއި މެދުވެސް ވިސްނަން.

– ނިހާދު ވިދާޅުވިއެވެ.

ނިހާދު މިހެން ވިދާޅުވެފައިވާއިރު، އައްޑޫގައި ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާއާއި ކަންބޮޑުވުން ނިހާދުވެސް ވަނީ ފާޅުކުރައްވާފައެވެ. އަދި ބައެއް މަޝްރޫޢުަތއް ފެށުން ލަސްވާތީ ރައްޔިތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ޔާމީން އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އައްޑޫ ތަރައްގީ ކުރުމަށް އިތުރު ފުރުސަތެއް ލިބިއްޖެނަމަ ފުރަތަމަ އަހަރުގެ ތެރޭގައި 5000އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކުރައްވާނެކަމަށެވެ. އަދި އިތުރަށް ތަރައްޤީކުރައްވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ބަސްހުއްޓޭންއެއީސޯލިހާ ނަސީދުއެއްނޫނޭ ހީކޮއްގެންތިހުރީއެހެންކަމަންދޯ ހީވައެއްޗެއްދުވަހަކުނުފެނިތިބިބައެއްހެން ޔާމީންގެތަރައްގީ ރަހުނުގޮތޮގާބަހައްޓާގެން ސަރުކާރުހިއްގަނީ.އެހެއްވެބުނާނެއެއްޗެއްނެތިގެންދޯތިއުޅެނީ
ޢައްޑޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކުމަގުތަކުގަ ހިގޭނެގޮއް ހަދާދިނިއްޔާ މާ ތާހިރު .އަބަދު ޗަކައިގެތެރޭެ ފަތަފަތާ.
އ އޮޅުވާލި
ނިހާދުމެންގެެ މަކަރުވެރިކަމާއިއޮޅުވާލަންތިކުރާމަސައްކަތައްް ރައީސްް ޔާމީނައްް ފެނިި ރައްޔިތުންް އެމަނިކުފާނައްް ކިޔާދެމުންގެންދާތީީ ހިތައްކުޅަދާނަނުވެގެންް އުޅޭޭ ކަމައްް އަޑުތައްް ފެތުރޭއެއީީ ރަގަޅުު ތެދެއްދީ މިހާރުު ނިހާދުމެންނަކީީ ބޮޑަތިި ފެއިލިއާސްް ތަކެއްކަމައްް އެންމެންބުނަންފަށައިފިި ނިހާދަކީީ އަމިއްލަަ އެދުންއިސްކޮއްް ހަގީގަޔާޚިލާފުު އެންނެގިނަދޮގުވާހަކަަ ފަތުރާާ ބޭކާރުު އެމްޕީީ ކަމައްް ކިޔާއުޅެނީީ
ބ ބޮޑުތަކުރުފާނުހަވިއްތަ
ލަދުހަޔާތުގެ ކަން ފުޅެއްވެސް ނެއް ވަކަރުގޭ ދަރިންގެ ތެރެއިންވެސް އަރާހުރި އެއްޗެއްތީ