ކުރީގެ މަޝްހޫރު އެކްޓަރު އަދި މޮޑެލް މިލިންދު ސޯމަން އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެއެވެ.
ފިޓްނެސް އައިކަންއެއްގެ ގޮތުގައި މަޝަހޫރު މިލިންދު ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ. 57 އަހަރުގެ މިލިންދު އެންމެ ފަހުން ރާއްޖެ އައީ 2019ގަ އެވެ. އެއީ އެ އަހަރުގެ މާޗް މަހު ހުޅުމާލޭގައި ބޭއްވި މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގައި ބައިވެރިވުމުގެ ގޮތުންނެވެ.
ބައެއް ޓިވީ ރިއަލިޓީ ފެޝަން ޝޯ ތަކުގެ ޖަޖްކަންވެސް ކުރާ މިލިންދު ޗުއްޓީ ހޭދަކުރަމުން އަންނަނީ ދިގުރަށް ރިސޯޓެއްގައެވެ. މި ދަތުރުގައި މިލިންދް އާއި އެކުގައި އޭނާގެ އަންހެނުން އަންކިތާ ކޮންވަރު، 31، ވެސް ރާއްޖެ އައެވެ.
މިލިންދު އަލުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، އޭނަ އެންމެ ފަހުން ސޮއިކުރި ފިލްމަކީ ބަތަލާ ކަންގަނާ ރަނާވަތު ޑައިރެކްޓްކޮށް، ކުޅޭ ސިޔާސީ ފިލްމު "އިމަޖެންސީ" އެވެ. މި ފިލްްމަކީ ގިނަ ދުވަސްތަކަކަށް ފަހު މިލިންދު ކުޅޭ ފިލްމެކެވެ.
މަދު މަދުން މިހާރުވެސް ފިލްމު ތަކުން ފެންނަ މިލިންދު އެންމެ ފަހުން ފެނިގެން ދިއައީ ސައިފް އަލީ ހާންގެ "ޝެފް" އަދި ރަންވީރު ސިންގްގެ "ބަޖީރާއޯ މަސްތާނީ" ގެ ކުޑަ ރޯލަކުންނެވެ.
ކޮމެންޓު ފޮނުވާ