ކޮޓަރީގެ އޭސީއެއްގައި ރޯވެ ފަރެސްމާތޮޑާގައި ގެއެއް އަނދައިފި

ކޮޓަރީގެ އޭސީއެއްގައި ރޯވެ ފަރެސްމާތޮޑާގައި ގެއެއް އަނދައިފި

Author
އަހުމަދު
19 އޮކްޓޯބަރ 2026 09:24
0

ގދ. ފަރެސްމާތޮޑާގައި މިއަދު ފަތިހު ގެއެއްގައި ރޯވެ، އެ ގެއަށް ވަރަށް ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ ފަތިހު 4:00 ހާއިރު ހިނގި މި ހާދިސާގައި އެކަކަށް އަނިޔާވި ނަމަވެސް، އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަލިފާނުގެ ސަބަބުން ގޭގެ ގިނަ ބައެއް އަނދައިގެން ގޮސްފައިވެ އެވެ.

ފުލުހުން އަދި ހިނގަމުންދާ ބެލުމުން ދައްކާ ގޮތުގައި، އަލިފާން ރޯވެފައި ވަނީ ގޭގެ ކޮޓަރިއެއްގައި ހަރުކޮށްފައިވާ އޭސީއަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.