މަޝްރޫއުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހުރީ ހަމަޖެހިފަ: ޒަރީރު

މަޝްރޫއުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހުރީ ހަމަޖެހިފަ: ޒަރީރު

Author
އަހުމަދު
19 އޮކްޓޯބަރ 2026 09:28
0

ސަރުކާރުން މިހާރު ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި 1،273 މަޝްރޫއެއް ހިންގަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

އިއްޔެ ރޭ ބޭއްވި "އަހާ" ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސޮއިކޮށްފައިވާ މި ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ކޮންމެ ރަށެއްގައި ހިނގަމުންދާ މަޝްރޫއުތައް އެ ދާއިރާއެއްގެ ވަޒީރުގެ ސީދާ ބެލުމުގެ ދަށުން ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް ޒަރީރު ވިދާޅުވި އެވެ. މަޝްރޫއުތައް ކުރިއަށް ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ އިސްކަންދިނުމުގެ ތަރުތީބަށް ކަމަށާއި، ފައިސާ ހަވާލުކުރަނީ ވެސް އެ ތަރުތީބާއި ލިބެންހުރި ފައިސާއަށް ބަލައިގެން ކަމަށް ވަޒީރު ވިދާޅުވި އެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމުގައި ދަތިތައް ކުރިމަތިވި ނަމަވެސް، ފައިސާގެ ހުރަހެއް ނާންނާނެ ގޮތަށް ރާވައިގެން މަޝްރޫއުތައް ކުރިއަށް ގެންދަމުންދާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.