ޓިވީ ބަތަލާ ރިދީ ވެސް ބޮލީވުޑްއަށް

ޓިވީ ބަތަލާ ރިދީ ވެސް ބޮލީވުޑްއަށް

Author
ފާތިމަތު ނާވީ
07 ނޮވެމްބަރ 2022 06:23
0

ސިލްސިލާ ޑްރާމާ ތަކުން މަގުބޫލުކަން ހޯދައިފައިވާ ބަތަލާ ރިދީ ޑޮގްރާ ވެސް ބޮލީވުޑް އަށް ތައާރަފް ވުމުގެ މަސައްކަޔް ފަށައިފައިވާކަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

ރިދީގެ ފުރަތަމަ ފިލްމް އަކީ ސަލްމާން ހާން ކުރިއަށް އޮތް ފިލްްމް "ޓައިގާ 3″އެވެ. ޓައިގާ ގެ ފްރެންޗައިޒް ގެ 3 ވަނަ ފިލްމް ސިނަމާ ތަކަށް ގެންނަން ނިންމައިފައިވަނީ އަންނަ އަހަރުގެ ދިވާލީގައިއެވެ.

މި ފިލްމް އަކީ ސަލްމާން އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ކެތްރީނާ ކައިފް އެކުގައި ފެނިގެންދާ ސިލްސިލާ ކޮށް ގެނެސްދޭ ސްޕައޮ ތްރިއަލާއެކެވެ.

 

View this post on Instagram

 

A post shared by Ridhi Dogra (@iridhidogra)

38 އަހަރުގެ ބަތަލާ ފެނިގެންދާނީ "ޓައިގާ 3″ ގެ ވަަރަށް ވަރުގަދަ ރޯލަކުން ކަމަށް މުނިފޫހިފިލުވުމުހެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ވަނީ ބުނެފައިއެވެ. މިކަން ފިލްމުގެ ޓީމުން ކަށަވަރުކޮށް ނުދިން ނަމަވެސް ޝޫޓިން އެއްކޮށްހެން ނިމިފައި އޮތް ފިލްމުގައި، ރިދީގެ މަންޒަރުތައް ވެސް އެއްކޮށް ނަގައި ނިމިފައިވާ ކަމަށް ހަބރުތަށް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ކާމިޔާބު އެތަށް ޑްރާމާ ތަކެއް ކުޅެފައިވާ ބަތަލާ އަކީ ކުރިން ފިލްމުތަކެއް ކުޅުނު އަދި "ބިގް ބޮސް 15″ ގައި ވާދަކުރި އިރު، ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީއާ ރައްޓެހިވި ރާގޭޝް ބަޕަޓްގެ ކުރީގެ އަންހެނުންނެވެ. ރިދީ އާއި ރާގޭޝް 2011 ގައި ކުރި ކައިވެނި ރޫޅައިލީ 2019 ގަ އެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.