މި އަލިފާން ނިއްވާލުމުގައި އެމްޕީއެލްގެ މުވައްޒަފެއްގެ ހުޝިޔާރުކަން

މި އަލިފާން ނިއްވާލުމުގައި އެމްޕީއެލްގެ މުވައްޒަފެއްގެ ހުޝިޔާރުކަން

Author
ޢަލީ އާދަމް
03 ނޮވެމްބަރ 2022 06:55
0

އެމްޕީއެލް ނުވަތަ މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގައި ހުރި ގަރާޖެއްގައި އަލިފާން ރޯވުމުން އެމްޕީއެލްގެ މުވައްޒަފަކު އެއަލިފާން ނިއްވި ގޮތުގެ ހުޝިޔާރުކަން އެކުންފުނިން ފާހަގަކޮށްފިއެވެ.

މިކަން ފާހަގަކޮށް އެމްޕީއެލްއިން މިއަދު ވަނީ ޓްވީޓްކޮށްފައެވެ. އެމްޕީއެލްއިން ބުނީ އެކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ އާދަމް ޝަޒީލްގެ މަސައްކަތުން ވަނީ އެ އަލިފާންގަނޑު ބޮޑުވެ ނުފެތުރެނީސް ނިއްވާލާފައިކަމަށެވެ.

އެމްޕީއެލްއިން ވަނީ މިމަންޒަރު ފެންނަ ވީޑިއޯވެސް ޓްވީޓްކޮށްފައެވެ.

ވީޑިއޯއިން ފެންނަގޮތުގައި ޝަޒީލް އަލިފާން ނިއްވަމުންދަނިކޮށް ފުލުހުންނާއި ސިފައިން ތަންކޮޅެއް ދުރުން އަންނަތަން ފެނެއެވެ. ޝަޒީލް އަލިފާން ނިއްވީ އަލިފާން ނިއްވާ ފުޅިއެއް ހިފައިގެން ގޮހެވެ. އަލިފާން ރޯވީ ސައިކަލުތަކެއްގައި ކޮންމެވެސް ގޮތަކުން ހުޅު ހިފައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.