ސައުތުގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތް ޕްރަބޫ ގެ ކުރިއަށް އޮތް ފިލްމް "ޔަޝޯދާ" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.
މިހަފްތާގެ ތެރޭގައި އެ ފިލްމްގެ ޓްރެއިލާ ލޯންޗްކޮށްފައިވާ އިރުގައި ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ. މި ފިލްމް އަކީ މިމަހު 11 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސައިންސް ފިކްޝަން އެކްޝަން ތްރިއަލާއެކެވެ.
ސައުތުގެ ގިނަ ތަރިން ތަކެއް ފެނިގެންދާ މި ފިލްމް ގައި ސަމަންތާގެ އިތުުރުން އުންނީ މުކުންދަން، މުރްލީ ޝަރްމާ، ވެރަލަކްޝްމީ ސަރަތްކުމާރުވެސް ފެނިގެންދާނއެވެ.
ހަރި- ހަރީޝް ގެ ނަމުން މަޝްހޫރު ދެ ޑައިރެކްޓަރުން ކަމުގައިވާ ހަރި ޝަންކަރް އަދި ހަރީޝް ނާރާޔަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމް އަކީ ހިންދީ އަދި ޓެލުގޫ ބަހުން ގެނެސްދޭ ފިލްމްއެކެވެ.
ކޮމެންޓު ފޮނުވާ