ބޮލީވުޑްގެ ކިންގް ޚާން، ޝާހްރުކް ޚާން މެދުކެނޑުމަކަށް ފަހު ބޮޑު ސްކްރީނަށް އެނބުރި އަންނަ ފިލްމު ގެ ޓީޒާއެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
ޝާހްރުކް އެނބުރި އައުން ފާހަގަ ކުރާ ފިލްްމު "ޕަތާން" އަކީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. މިހާރުވެސް އަހަރެއްހާ ދުވަސް ޝޫޓިންގައި ހޭދަކޮށްފައިވާ މި ފިލްމު ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ 25 ޖަނަވަރީ 2023 އަށެވެ.
އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ މި އެކްޝަން ތުރިލާ އަކީ އެ ސްޓޫޑިއޯގެ 2019 ގެ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާފައިވާ ފިލްމެކެވެ.
ޔަޝް ރާޖް ފިލްމްސް އިން ގެނެސްދޭ މި ފިލްމު 3 ބަހަކުން ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހިންދީ، ޓެލުގޫ އަދި ޓެމިލްއެވެ. މި ފިލްމުގައި ޝާހްގެ އިތުރުން ދީޕިކާ ޕަޑުކޯން، ޖޯން އަބްރަހަމް އަދި ޝާބާނާ އާޒްމީ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.