ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާގައި މީގެ ދެ އަހަރު ކުރިން އިއުލާންކުރި ލޮކްޑައުންގެ ސަބަބުން އެކި ދާއިރާތަކުގެ މީހުންގެ ދިރިއުޅުމަށް އައި ބަދަލުތަކެއްގެ މައްޗަށް ޑައިރެކްޓަރު މަދޫރް ބަންޑާރް ހެދި ފިލްމު "އިންޑިއާ ލޮކްޑައުން"ގެ ޓްރެއިލާ ދައްކައިލައިފިއެވެ.
މި ފިލްމް އަކީ އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގައި ޒީ-5 އިން ޕްރިމިއާ ކުރަން ތާވަލް ކޮށްފައިވާ ފިލްމްއެކެވެ. މި ފިލްމްގެ މީގެ ކާސްޓްގައި ޕްތަރީކް ބައްބަރް، އަހާނާ ކުމްރާ، ޝްވޭތާ ބާސޫ ޕްރަސާދު، ސައީ ތަމްހާކަރް އަދި ޕްރަކާޝް ބެލަވާޑީ ހިމެނެ އެވެ.
"އިންޑިއާ ލޮކްޑައުން" ގެ ޑައިރެކްޓަރު މަދޫރަކީ "ޗާންދުނީ ބާ" އާއި "ޕޭޖް 3″ އާއި "ފެޝަން" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދީގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޑައިރެކްޓަރެކެވެ.
ކޮމެންޓު ފޮނުވާ