މީގެ ކުރިންވެސް މަރުގެ އިންޒާރު ދީފައިވާ ބޮލީވުޑްގެ ތަރި ސަލްމާން ހާން ގެ އިތުރުން އަކްޝޭ ކުމާރު އަދި އަނޫޕަމް ކީރް އަށް ގޭންގަކުން ބިރު ދެއްކުމާ ގުޅިގެން އިންޑިއާގެ މަހަރަސްތުރާ ސަރުކާރުން އެ އެ ތަރިންނަށް ފުލުހުންގެ ހާއްސަ ސެކިރިޓީ ދޭން ނިންމައިފި އެވެ.
މި ދިއަ ޖޫން މަހުގެ ތެރެގައިވެސް ސަލްމާން އާއި އޭނާގެ ބައްޕަ ސާލިމް ހާން އަށް ވަނީ މަރުގެ އިންޒާރު ދީފައިއެވެ. ސަލްމާންއަށް މަރުގެ އިންޒާރުދީ ފޮނުވީ ސިޓީއެކެވެ. އިންޒާރު ދީ ފޮނުވި ސިޓީއަކީ މީގެ ކުރިން ވެސް ތަކުރާރުކޮށް ސަލްމާނަށް މަރުގެ އިންޒާރު ދީފައިވާ ލޯރެންސް ބިޝޯގީ ގޭންގްގެ ސިޓީއެކެވެ. އެ ގޭންގުން ވަނީ 2008 ވަނަ އަހަރުވެސް އިންޒާރު ދީފައެވެ.
ސަލްމާން އަށް އިންޒާރު ދީފައިވަނީ މޭމަހުގައި ބަޑީގެ ހަމަލާ ދީގެން ޕަންޖާބުގެ ލަވަކިއުން ތެރިއާ ސިއްދޫ މޫސް ވާލާ މަރާލުމާއި ގުޅިގެން ސަލްމާން އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވެސް ވަނިކޮށެވެ.
ހަމައެފަދައިން މި ތަރިންނަށް ވެސް ބިރުދައްކަމުން ގެންދަނީ ބިޝގީ ގޭންގްގެ މީހުންނެވެ. މިހާރުވެސް މި ތަރިންނަކީ ސެކިއުރިޓީ އާއި އެކުގައި އުޅޭ ބައެކެވެ. އެންމެ ފަހުން ދިން މަރުގެ އިންޒާރާއި އެކުގައި ސަލްމާން ގެ ސެކުރިޓީ ދެގުނަވެސް ކުރިއެވެ.
ބޮލީވުޑްގެ ތަރިންނަށް ދޭތެރެ ދޭތެރެއިން މަރުގެ އިންޒާރު ލިބެމުން ދިއުމަކީ އާންމު ކަމެކެވެ. ސަލްމާން ހާން މަރާލަން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް މަސައްކަތްކޮށްފައިވެ އެވެ.