ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ބަންޑް ވޯލް ތައްޔާރު ކުރުމުގެ މަސައްކަތްކަމަށެވެ.
ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 1 ނޮވެމްބަރ 2022 ވަނަ ދުވަހު ފެށިއްޖެ. މިހާރު ކުރިއަށްދަނީ ބަންޑް ވޯލް ތައްޔާރު ކުރުމުގެ މަސައްކަތް.#MTCCProjects #RayyithungeKunfuni pic.twitter.com/LpwoOqvv1Y
— MTCC Plc (@MTCCPlc) November 2, 2022
ގދ.ތިނަދޫގައި 10 ހެކްޓަރުގެ ބިންހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރީ ޖެނުއަރީ 9ގައެވެ.
ދައުލަތުގެ ބަޖެޓުން 125 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢަކީ ތިނަދޫ އިންޑަސްޓްރިއަލް ޒޯން ތަރައްޤީކުރުމަށް ސަރުކާރުން ހިއްކާ ބިމެވެ. މިމަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 660 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކޮމެންޓު ފޮނުވާ