ފްރެޑީ" ކުޅުމަށް ކާތިކް 10 ކިލޯ އިތުރު ކުރި

ފްރެޑީ" ކުޅުމަށް ކާތިކް 10 ކިލޯ އިތުރު ކުރި

Author
ފާތިމަތު ނާވީ
03 ނޮވެމްބަރ 2022 08:59
0

ފިލްމް ތަށް ކުޅުމަށް ހަށިގަނޑަށް ތަފާތު ބަދަލުތަށް ގެނައުމަކީ އާންމު ކަމެކެވެ. އެގޮތުން ބައެއް ތަރިން ބަރުދަން އިތުރު ކުރާއިރުގައި އަނެއްބައި ތަރިން ބަރުދަން ލުއިވެސް ކުރއެވެ.

އަދި ހަމަ މިފަދައިން އެ ފިލްމއެއް ނިމުމުން އިހު ހުރި ގޮތަށް ކަސްރަތު ކޮށްގެން ހަށިގަނޑު ބަދަލުކޮށްލައެވެ. އެގޮތުން ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔާން އޭނާގެ ކުރިއަށް އޮތް ފިލްމް "ފްރެޑީ" ކުޅުމަށް 10 ކިލޯ ބަރުދަން އިތުރު ކުރި ކަމަށް ބޮލީވުޑްގެ ހަބަަރުތަށް ގެނެސްދޭ ނޫސްތަކުން ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

"ފްރެޑީ" ޕްރިމިއާ ކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި ފިލްމުގައި ކާތިކާ އެކުގައި ފެނިގެންދާނީ ޒުވާން ބަތަލާ އަލާޔާ އެފްއެވެ.

ކާތިކަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު ޒުވާން އެކްޓަރެވެ. މި އަހަރުގެ ރިލީޒް ކުރި އޭނާގެ ފިލްމު "ބޫލް ބުލައްޔާ2″ އަކީ ބޮކްސް އޮފީގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ. ފިލްމް ގެ ޑައިރކްޓަރު ޝަޝާންކާ އެންމެ ފަހުން ޑައިރެކްޓް ކުރި "ވީރްދެ ވެޑިން" އަކީ ވަރަށްބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. މި ފިލްމަކީވެސް އެކަތާ ޕްރޮޑިއުސް ކުރި ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.