މިހާތަނަށް ހުސް ބޮލޮކްބަސްޓާ ފިލްމް ގެނެސްދީފައިވާ ޒުވާން ޑައިރެކްޓަރު އަރުން ކުމާރު އާންމު ނަމުން ނަމަ އެޓްލީ އާއި އެކުގައި މަސައްކަތް ކުރުމަށް ބޮލިވޫޑްގެ ސްޕަސްޓާރު ސަލްމާން ހާން ކުރީ ކެތް މަދުވެފައިކަަމަށް ރިޕޯޓްތަށް ބުނެފިއެވެ.
އެޓްލީ މިހާރު އަންނަނީ ސައުތުގެ އެންމެ މަޝްހޫރު އެއް އެކްޓަރު ކަމުގައިވާ ވިޖޭ ޗަންދުރަސޭކަރް އާއި އެކުގައި ފިލްމް އެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން އެޓްލީ އަކީ ޝާހުރުކް މިހާރު ކުޅެމުން އަންނަ ފިލްމް "ޖަވާން" ގެވެސް ޑައިރެކްޓަރެވެ. ސައުތުގެ ތަރިންގެ އިތުރުން ބޮލީވުޑްގެ ބައެއް ތަރިންނާއި އެކުގައި ކުރިއަށް ގެންދާ މި ފިލްމް ގެ ޝޫޓިން މިހާރު ވަނީ ފަށައިފައިއެވެ.
ފިލްމްގެ ލީޑުން ފެނިގެންދާނީ ޝާހުރުކް ހާން އާއި ސައުތުގެ ބަތަލާ ނަޔަންތަރާއެވެ. މީ ނަޔަންތަރާ ބޮލީވުޑްއަށް ތައާރަަފް ވާ ފިލްމްއެވެ. މީގެ އިތުރުން މީ އެޓްލީގެ ފުރަތަމަ ބޮލީވުޑް ޑައިރެކްޝަނއެވެ.
ހަބަރުތަށް ބުނާގޮތުގައި އެތްލީ ޑައިރެކްތް ކުރާ "ޖަވާން" އަދި ވިޖޭ އާއި އެކުގައި ހަދާ ފިލްމްގެ ޝޫޓިން ނިންމާލުމަށްފަހުގައި އޭނާ ސަލްމާން ހާން އާއިއެކުގައި ފިލްމްއެއްގެ މަސައްކަތް ފަށާނެއެވެ. އަދި ސަލްމާން ހުރީ އެޓްލީ އާއު އެކުގައި މަސައްކަތް ކުރުމަށް ކެތް މަދުވެފައި ކަަމަށް ވެއެވެ.
ސަލްމާން އާއި އެކުގައި އެތްލީ ހަދަނީ ކޮމެޑީ ފިލްމްއެއް ކަމަށް ޕިންކް ވިލާއިން ވަނީ ބުނެފައިއެވެ. އަދި އެޓްލީގެ މަސައްކަތްތަށް ސަލްމާން އަށް ވަރަށް ކަމުދާ ކަމަށްވެސް ވަނީ ބުނެފައިއެވެ.
ނަމަވެސް މިހަބަރަކީ އަދި ތެދު ހަބަރެއް ކަމެއް ސާފެއް ނުވެއެވެ. އެއްވެސް ރަސްމީ ސިފައެއްގައި މިހަބަރު އަދި ތިލަ ވެފައިއެއް ނުވެއެވެ. އަދި ހަމަ އެހެންމެ ފިލްމް އާިއ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް މީޑިއާ އަށް ލިބިފައިއެއް ނުވެއެވެ.
ސަލްމާން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ކިސީކާ ބާއި ކިސީކާ ޖާން" ގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ އަންނަނީ ކަލާސް އިން އޭނާ ގެނެސްދޭ "ބިގްބޮސް" ޝޯވ ވެސް ހޯސްޓް ކުރަމުންނެވެ.