ދާއިމަށް ޓްވީޓާ އިން ސަސްޕެންޑްކުރި ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު، ފުރުސަތު ލިބިއްޖެ ނަމަ އެންބުރި ޓްވިޓާ އަށް އަންނަނީ އިތުރު "މަސާލާ"އާ އެކު ކަމަށް އޭނާ ބުނެފިއެވެ.
ކަންގަނާ އެގޮތަށް ބުނެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު، އީލޮން މަސްކް، ޓްވީޓާ ގަތުމަށް ފަހު، ޓްވިޓާގައި ހިޔާލު ފާޅުކުރުމުގެ ފުރުސަތު އެންމެނަން ދޭނެކަމަށް ބުނެފައި ވާތީއެވެ. އަދި ހަމަ އެއާއި އެކުގައި އޭނާ ވަނީ ޓްވިޓާ ގަތުމަށްފަހު އެ ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފައިއެވެ.
ޓްވިޓާގެ އުސޫލުތަކާ ހިލާފުވު ވާހަކަތައް ދައްކާތީ 35 އަހަރުގެ ބަތަލާ ޓްވީޓާއިން އުމުރުދުވަހަށް ބޭރު ކޮށްލުމުން އޭނާ ބުނީ ބުނީ ޓްވިޓާ އިން އޭނާ ބޭރުކޮށްލީ އެ ޕްލެޓްފޯމު ބޭނުންކުރަން ފެށިތާ އަހަރެއް ވެސް ނުވަނީސް ކަމަށެވެ.
އެހެންކަމުން އޭގެން އެނގެނީ ޓްވިޓާއަށް އޭނާގެ ވާހަކަތައް އެންމެ އަހަރެއް ވަންދެން ވެސް ހަޖަމްނުކުރެވުން ކަމަށެވެ. އެކަމަކު އޭނާގެ ޓްވިޓާ އެކައުންޓް އަނބުރާ އަލުން ލިބިއްޖެ ނަމަ 'ކުޅި ސަމާ' ދައްކާ ލަނެކަމަށާއި، ތަފާތު ވާހަކަ ތަކަކާއި އެކުގައި ކުރިއަށް ވުރެ ވަރުގަދަ އަށް އެނބުރި އަންނާނެ ކަމށް އޭނާ ވަނީ ބުނެފައިއެވެ.
އަދި ހަމަ އެހެންމެ ސޯޝަލް މީޑީއާގެ އެހެން ޕްލެޓްފޯމް އެއް ކަމުގައިވާ އިންސްތްގާމް ބޭނުން ކުރަން ފެށިތާ އަހަރެއް ވީ ކަމަށާއި މިހާތަނަށް ތިން ފަހަރަށް އިންޒާރު ދީފައި ވާކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
އަދި ހަމަ އެހެންމެ އެކަމާ ހުރެ އޭނާގެ އިންސްޓަގްރާމް ބަލަހައްޓަނީ އޭނާގެ ޓީމުން ކަމަށާއި އެހެންވެ މިހާރު ކަންކަން ރަނގަޅު ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
ބޮލީވުޑްގެ އެހެން ތަރިންނާއި ހިލާފަށް ކަންގަނާ އަކީ ޖެހިލުން ކުޑަ ކޮންމެ މީހަކާ ދިމާލަށް ކޮންމެ އެއްޗެއްވެސް ބުނަން ކެރޭ ބިރު ކުޑަ މީހެއްގެ ގޮތުގައި ލޭބަލް ވެފައިވާ ތަރިއެކެވެ.
ކަންގަނާ އަކީ ބޮލީވުޑްގައި ހުރި 4 ފަހަރަށް ނެޝެނަލް އެވޯޑް ހާސިލް ކުރި ކުޅަދާނަ އެކްޓްރެސްއެކެވެ. ވަރަށް ކޮންޓްރޮވާޝިއަލް މައްސަލަ ތަކުގެ ތެރޭގައި އުޅޭ ކަންގަނާ އެންމެ ފަހުން ފެނިގެން ދިއައީ ފިލްމް "ދާކަޑް" އިންނެވެ. މި ފިލްމް ވެގެން ދިއައީ އުންމީދު ކުރި ގޮތާއި ހިލާފަށް ބޮޑު ފްލޮޕް އަކަށެވެ. އޭނާގެ ކުރިއަށް އޮތް ފިލްްމް އަކީ "ތޭޖަސް" އެވެ.
ކޮމެންޓު ފޮނުވާ