ތަމްރީން ފުރިހަމަ ކުރަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

ތަމްރީން ފުރިހަމަ ކުރަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
30 އޮކްޓޯބަރ 2022 07:26
0

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔަ ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ނިޔާވީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިން ކޯސް މާފުށީ ޖަލުގައި ހަދަމުން ދިޔަ އުމުރުން 18 އަހަރުގެ އާމިނަތު ނަޝްވާ ނަސީމް ނަމަކަށް ކިޔާ ކުއްޖެއްކަމަށެވެ.

ފުލުހުން ވިދާޅުވީ މާފުށީގައި ޓްރެއިނިން ހަދަމުންދިޔަ ކަރެކްޝަންސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށެވެ. އަދި އެ މުވައްޒަފަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.