އެއްވެސް މަރެއްގެ ޕޯސްޓްމޯޓަމް ހެދުމުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ލިބިގެންނުވާ ކަމުގައި ކުރީގެ އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް މިހެން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް މިމައްސަލަ ތަހުގީގް ކުރަމުންދާ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބުނެފައި ވަނިކޮށެވެ. ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައިވަނީ މިމައްސަލައިގައި އިންސާފަށް ވާސިލްވުމަށް މުހިންމުކަމަކަށްވާތީ ތަހްޤީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖްރާއަތުގެ ދަށުން ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފައިރޫޝް ވިދާޅުވީ ޖިނައީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ ތެރެއިން، ޕޯސްޓްމޯޓަމް ހެދުމަށް ނިންމުމުގެ އިޚުތިޔާރު ދީފައިވާ ހަމައެކަނި މުއައްސަސާއަކީ ފުލުހުންގެ އިދާރާކަމަށެވެ. އެހެންވެ، އެފަދަ ކަމެއް ނިންމުމުގެ ބާރު އެންއައިސީއަށް ލިބިގެންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ)ގައި ސާފުކޮށްދޭ ފުލުހުން އޮޓޮޕްސީ ހެދުމުގެ ކުރިން ކޯޓު އަމުރެއް ހޯދަން ޖެހޭކަން. އެންމެ ބޮޑެތި މައްސަލަތަކުގައި ވެސް އެފަދަ ނިންމުމެއް ނިންމޭނީ ފުލުހުންގެ ހިދުމަތަށް އެކަނި ކަމަށް ފައިރޫޝް ވިދާޅުވިއެވެ.
enacted after the Amendment, a reasonable reading wud indicate that even MPS shud obtain court clearance. The only justification 4 NIC is “joint investigation” w/ MPS. Nonetheless, NIC cannot auto inherit that police discretion, just as they can’t inherit other police powers.
— Fairoosh, PhD (@Fairoosh) October 29, 2022
ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުންވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޑަވެލި ސިއްޙީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން އޭރުވަނީ ވިދާޅުވެފައެވެ.
އެންއައިސީން ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާއިރު، އޭނާގެ އާއިލާއިން ދަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ. އަދި ޕޯސްޓް މޯޓަމް ހަދައިފިނަމަ ބޮޑީއާއި ހަވާލުނުވާނެކަމަށް ވަނީ ބުނެފައެވެ. މިމައްސަލާގައި އާއިލާއިން ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.
One Response
ޔުނީފޯރމުގައި ހުރި ދުވަހެއް ނަމަ ތިބޭ ފުޅާ ގެ ރާގު ތަފާތު ވާނެ.
މަރުވީ ހާޓް އެޓޭކް ޖެހިގެން. ދެން ޕޯސްޓްމޯޓަމް ހަދަނީ ކޮން ހަޑިއެއް ހާވަން. އެބަ އެނގޭ ޑަކްޓަރަށް ނުދެއްކީ ގަސްތުގައި ކަންވެސް. ދެން އެކަމެއް ކުރި ބަޔަކަށް ފިޔަވަޅު އަޅާބަލަ. ހަށިގަނޑަށް އަދިވެސް އަނިޔާތޯ
އިންޓަގްރިޓީ ކޮމިޝަން ގެ ފެންވަރު. ޕީ.ޖީގެ ފެންވަރު.