އާއިލާގެ ނުރުހުމުގައި ހަށިގަނޑުފަޅާ، ގުނަވަންތަށް ނަގާ ނުހެދޭނެ: ޓޮމް

އާއިލާގެ ނުރުހުމުގައި ހަށިގަނޑުފަޅާ، ގުނަވަންތަށް ނަގާ ނުހެދޭނެ: ޓޮމް

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2022 08:13
0

ޢާއިލާގެ ނުރުހުމުގައި ހަށިގަނޑު ފަޅައި، ގުނަވަންތައް ވަކި ކުރުމަކީ ހޯމް މިނިސްޓާ އިމްރާނާއި، ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އޮތް ބާރެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެފައިވާ، ގދ. ހޯޑެއްދޫ ރަޝީދުގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ ހޯމް މިނިސްޓަރު އިމްރާނާއި ބައްދަލު ކުރުމުން، ރަޝީދުގެ މަރުގައި ފުލުހުން އިހުމާލު އޮތްކަމަށް ވިދާޅުވެފައިވާ ކަމަށާއި، އަދި ފުލުހުންގެ ކޮށްފަ ހުރި އަނިޔާތަށް ރައްޔިތުންނަށް ދެއްކުމުގެ މަގުސަދުގަ ޕޯސްޓު މޯޓަމް ހަދަން ޖެހޭ ކަމަށް އިމްރާން ވިދާޅުވެފައިވާކަމަށް އާއިލާއިން ބުނެފައެވެ.

ނަމަވެސް އާއިލާވަނީ ޕޯސްޓްމޯޓަމް ހެދުމަށް ދެކޮޅު ހަދަމުންނެވެ. އާއިލާން ބުނަމުންދަނީ ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު އާއިލާއާއި ހަވާލުކުރާނަމަ، ހަށިގަނޑާއި ހަވާލު ނުވާނެކަމަށް އާއިލާއިންވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން މެމްބަރު ތޯރިގު ވިދާޅުވީ ރަޝީދުގެ ހަށިގަނޑަކީ އާއިލާގެ އެއްޗެއްކަމަށެވެ. ސީޕީ ހަމީދާއި، މިނިސްޓަރ އިމްރާން ބޭނުންވި ކަމުގައި ވީނަމަވެސް އާއިލާގެ ނުރުހުމުގައި ހަށިގަނޑު ފަޅައި، ގުނަވަންތައް ނަގައި ހެދުމަކީ ކުރެވޭނެ ކަމެއްނޫންކަމަށް ޓޮމް ވިދާޅުވިއެވެ.

މައްޔިތާގެ ހަށިގަނޑަކީ އާއިލާގެ އެއްޗެއް، އެއީ ދައުލަތުގެ އެއްޗެއްނޫން. ޝެެއިޚް އިމްރާނަކަށް ނުވަތަ ސީޕީ ހަމީދަކަށް އާއިލާގެ ނުރުހުމުގައި ހަށިގަނޑުފަޅާ، ގުނަވަންތަށް ނަގާ ނުހެދޭނެ. ކަށުކަމާކެމީގެ ކަންތައްތަކަށް މައްޔިތާގެ ހަށިގަނޑު ހަވާލުކުރުމަށް ގޮވާލަން.

– ޓޮމް ވިދާޅުވިއެވެ.

އާއިލާއިން ބުނެފައިވަނީ ރަޝީދުއަށް އަނިޔާކުރި ކަމުގެ ތުހުމަތު ހުރިހާ ފުލުހުންގެ ބޮލުގައި ނާޅުވާކަމަށާއި، އަނިޔާކުރި ކަމުގެ ތުހުމަތު އާއިލާއިން ކުރަނީ ގދ. ހޯޑެއްދޫއަށް ދިޔަ ފުލުހުންނަށް ކަމަށެވެ. ނިޔާވި ރަޝީދުގެ މަންމަ ވަރަށް އަސަރާއެކު މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާގެ ދަރިފުޅު ނިޔާވީ މެއަށް ދަތުވެ، އެވޭނުގައި 2 ގަޑިއެއްހާއިރު ހޭދަވި ފަހުން ކަމުގައެވެ.

އަދި މެއަށް ތަދުވާ ވާހަކަ ބުނުމުން އޭނާ ހަދަމުންދަނީ މަކަރު ކަމުގައި ފުލުހުން ބުނެފައިވާކަމަށްވެސް ރަޝީދުގެ މަންމަ މީޑިއާތަކާ ވާހަކަ ދައްކަމުން ކިޔައިދީފައި ވެއެވެ. ރަޝީދުގެ އާއިލާގެ ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ހަށިގަޑާއި ހަވާލުވުމަށް މާލެ ދަތުރުކޮށް، މާލޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.