ކާތިކްގެ "ފްރެޑީ" ޑިސެމްބަރު މަހުު

ކާތިކްގެ "ފްރެޑީ" ޑިސެމްބަރު މަހުު

Author
ފާތިމަތު ނާވީ
29 އޮކްޓޯބަރ 2022 08:19
0

ޕްރޮޑިއުސަރ އެކްތާ ކަޕޫރާއި ޖޭ ޝެވަކްރަމާނީ އެކުގައި އުފައްދާ ފިލްމު "ފްރެޑީ" ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.

ސިނަމާގެ ބަދަލުގައި މި ފިލްމު ޕްރިމިއާ ކުރާނީ އޯޓީޓީ ޕްލެޓް ފޯމްގައެވެ.

"ފްރެޑީ" ޕްރިމިއާ ކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި ފިލްމުގައި ކާތިކާ އެކުގައި ފެނިގެންދާނީ ޒުވާން ބަތަލާ އަލާޔާ އެފްއެވެ.

ކާތިކަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު ޒުވާން އެކްޓަރެވެ. މި އަހަރުގެ ރިލީޒް ކުރި އޭނާގެ ފިލްމު "ބޫލް ބުލައްޔާ2″ އަކީ ބޮކްސް އޮފީގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

ޝަޝާންކާ އެންމެ ފަހުން ޑައިރެކްޓް ކުރި "ވީރްދެ ވެޑިން" އަކީ ވަރަށްބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. މި ފިލްމަކީވެސް އެކަތާ ޕްރޮޑިއުސް ކުރި ފިލްމެކެވެ.

"ފްރެޑީ"އާ ބެހޭގޮތުން ވާހަކަ ދައްކަމުން ކާތިކް ބުނެފައިވަނީ އޭނާ އަބަދުވެސް ތަފާތު ރޯލެއްގެ އިންތިޒާރުގައި ހުންނަ ކަމަށާއި މި ފިލްމުގައި ވެސް ތަފާތު ގޮތަކަށް އޭނާ ފެނިގެން ދާނެކަމަށެވެ.

ކާތިކް ސޮއިކޮށްފައިވާ، ޓެލަގޫ ފިލްމު "އާލާ ވައިކުންތުޕުއްރަމުލޫ"ގެ ހިންދީ ރިމޭކަކީ ވެސް އެކްތާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ އެކްޓަރ ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.