"ސަރްދާރް"ގެ ސީކުއެލް އެއް ހަދަނީ

"ސަރްދާރް"ގެ ސީކުއެލް އެއް ހަދަނީ

Author
ފާތިމަތު ނާވީ
27 އޮކްޓޯބަރ 2022 06:31
0

މިމަހުގެ 21 ވަނަ ދުވަހުގައި ރިލިޒް ކުރީ ސައުތުގެ ފިލްމް "ސަރްދާރް"ގެ ސީކުއެލްއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެެނެސްދޭ ނޫހެއް ކަމުގައިވާ ޕިންކް ވިލާއިން ބުނެފިއެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދިޔައީ ތަމަޅަ ސިނަމާގައި މަޝްހޫރު، ކާތިކް ސިވަކުމާރް (ކާތީ) އެވެ. ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ހިޓް ފިލްމެކެވެ.

ބޮލީވުޑާއި ހިލާފަށް މިއަހަރު ސައުތުގައި ރިލީޒް ކުރާ ގިނަ ފިލްމުތައް ވަރަށް ކާމިޔާބެވެ. ޕީއެސް މިތުރަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުން ފިލްމެކެވެ.

ޑަބަލް ރޯލަކުން ކާތީ ފެންނަ މި ސްޕައި ތުރިލާއަށް ލިބުނު ކާމިޔާބާއެކު ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން ކާތީ ވަނީ އިއުލާން ކޮށްފައެވެ. ސީކުއެލްގައި ވެސް ޗަންދްރަ ބޯސް އާއި ވިޖޭ ޕްރަކާޝްގެ ރޯލު ކުޅޭނީ ކާތީއެވެ.

މި ފިލްމުގެ މަސައްކަތް ކާތީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތައް ފެށުމުގެ ކުރިން ފަށާނެއެވެ. އަދި ފިލްމު އަންނަ އަހަރު ލިރީޒް ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ. ނަަމަވެސް އަދި މިހާތަނަށް މާގިނަ މައުލޫމާތެއް ފިލްްމާއި ބެހޭގޮތުން އިއުލާނު ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.