މި ސަރުކާރު ވައްޓައެއް ނުލެވޭނެ، މިއީ ރައްޔިތުން މާ ލޯބިވާ ސަރުކާރެއް: ނިހާދު

މި ސަރުކާރު ވައްޓައެއް ނުލެވޭނެ، މިއީ ރައްޔިތުން މާ ލޯބިވާ ސަރުކާރެއް: ނިހާދު

Author
މުޙައްމަދު ޖިމީ
24 އޮކްޓޯބަރ 2022 08:52
0

ރައްޔިތުން އޮޅުވާލައި ފިތުނަކޮށް ސަރުކާރުގެ އަގު ވައްޓާލެވޭތޯ ކުރާ މަސައްކަތް އިންތިހާބު ގާތްވާ ވަރަކަށް މެކުހަށް ޖަހާފައިވާކަަމށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. ނިހާދު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ހަތަރުއ ަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދޭން ވެވަޑައިގެންނެވި ވަޢުދުތައް ނުފުއްދޭކަމަށާއި، އަދި ރާއްޖޭގެ އިމުގެ މައްސަލާގައި ސަރުކާރުގެ ނިންމުމަށް އެމްޑީޕީގެ ބައެއް މެންބަރުންވެސް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މެންބަރު ނިހާދު ވިދާޅުވީ، ރައްޔިތުން އޮޅުވާލައި ފިތުނަކޮށް ސަރުކާރުގެ އަގު ވައްޓާލެވޭތޯ ކުރާ މަސައްކަތް އިންތިހާބު ގާތްވާ ވަރަކަށް މެކުހަށްޖަހާފައިވާކަމަށެވެ. ކިތަންމެ ގިނަ ދޮގެއް ފެތުރިޔަސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ވައްޓާލެވޭ މިންވަރަށް ފިތުނަ ނުކުރެވޭނެކަމަށާއި، މިއީ ރައްޔިތުން މާ ލޯބިވާ ސަރުކާރެއްކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

ނިހާދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިމުގެ މައްސަލާގައި ރާއްޖެއިން މޮރީޝަސް ކޮޅަށް ވޯޓު ދޭން ނިންމިކަމަށް ބުނެ އެމްޑީޕީގެ ގިނަ ބަޔަލު އަދި ޤާނޫނީ ދާއިރާގެ ބޭބޭފުޅުންވެސް ގެންދަވަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ލަސްކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ފާޑުކިޔައެވެ.

ޚާއްޞަކޮށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާ ނިންމުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ދަނީ ކަންބޮޑުވެ ނުރުހުން ފާޅުކުރަމުންނެވެ. އެކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
އެހެން ުވާރައްޔިތުންދެކެވާލޯބިން ރަށްޔިތުންގެހަރަދުގާ މިވެރިން.މިއުޅެނީ