އައްޑޫ ސިޓީގައި މަސްހިފަން މޫދަށް ފޭބި މީހާ ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ހޮސްޕިޓަލުން ބުނީ އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާލު ސީރިއަސްކަމަށެވެ.
ނިޔާވެފައިވަނީ ހިތަދޫއަށް ނިސްބަތްވާ ޠަލާލް އަހްމަދު 24އ އެވެ. އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓި ހިތަދޫއިން ފުރައިގެން މަސް ހިފަން ދިޔަ ޑިންގީއަކުން މަސް ހިފަން ފޭބި 2 މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިފައިވާކަމަށެވެ. އަދި އޭނާ އިތުރު ފަރުވާއަށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ މެނދުރުކުރީ 11:32 ހާއިރުކަމަށެވެ.
ކޮމެންޓު ފޮނުވާ