ފުލުހުން ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ފުލުހުން ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2022 02:57
0

ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

‘’ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން" ތީމުގެ ދަށުން ކުރިއަށް ގެންދިޔަ އެ މުބާރާތް ހުޅުވާލީ 16 އަހަރުން ދަށުގެ ކުދިންނަށެވެ. މުބާރާތުން 1 ވަނަ އަށް ހޮވިފައިވަނީ ނީރަޖާ ސަސިކުމާރުއެވެ. 2 ވަނަ އަށް ޔޫސުފް އަކްޔަލް ޙުސައިން ހޮވުނުއިރު، 3 ވަނަ އަށް ހޮވިފައިވަނީ އަޙްމަދު އާހިލް ޚަލީލްއެވެ.

މުބާރާތުގައި ބައިވެރިކޮށްފައިވާ ކުރެހުންތަކުގެ ތެރެއިން ގަދަ 10 ކުރެހުންވެސް ހޮވާފައިވެއެވެ. އެގޮތުން، ގަދަ 10 އަކަށް ހޮވިފައިވަނީ މުޙައްމަދު އާއިދު، އާއިޝަތު ޝައިހާ އަޙްމަދު، މަރިޔަމް އީޝާ ވަލީދު، ޒެއިނާ އަޒްމަދު އަޙްމަދު، މުޙައްމަދު ރަފްޙާން ފާއިޒު، ޔޫދު ޢަލީ، ރާއިޔާ ރަޝީދު، ހިންދު ބިންތި ޢަލީ ނަސީމް، މަރިޔަމް ޝައިހާ ހާމިދު އަދި ޒައިނަބް ޔުނާލް އިބްރާހީމްއެވެ.

މި މުބާރާތުގެ 1 ވަނަ އަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.