ޓެކްސް ބޮޑުކުރަން ތްރީލައިން ވިޕާއި އެއްގޮތަށް ވޯޓެއް ނުދޭނަން: މެމްބަރު ރަޝީދު

ޓެކްސް ބޮޑުކުރަން ތްރީލައިން ވިޕާއި އެއްގޮތަށް ވޯޓެއް ނުދޭނަން: މެމްބަރު ރަޝީދު

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2022 09:07
0

ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނެރެފައިވާ ތްރީލައިން ވިޕައި އެއްގޮތަށް ވޯޓު ނުދެއްވާނެކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

މި ވިޕްލައިނާއި އެއްގޮތަށް ވޯޓު ނުދިނުމަށް އެމްޑީޕީގެ އާންމު މެމްބަރުންނާއި، އާންމު ބައެއް ރައްޔިތުންވެސް ދަނީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދެމުންނެވެ. އެމްޑީޕީ އަކީ މަޖިލީހުގެ 65 ގޮޑި ތަމްސީލް ކުރަމުންދާ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީއަށް ވުމުން އެމްޑީޕީން ނިންމާ ގޮތަކަށް މަޖިލީހުގެ ގިނަ ކަންކަން ނިންމުމުގެ ފުރުސަތު އޮވެއެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް ތާއީދު ނުކުރާކަން ހާމަކުރައްވާ މެމްބަރު އިބްރާހިމް ރަޝީދު (ބޯދިގު) ވިދާޅުވީ ތްރީލައިން ވިޕެއް ނެރެފައި އޮތްނަމަވެސް މިބިލަށް ވޯޓު ދެވެން ނެތްކަމަށެވެ. އިޤްތިޞާދީ ގޮތުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިފަދަ ބިލަކަށް ތާއީދު ކުރެވެން ނެތްކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އެންމެހާ ބޭފުޅުންނަށް މަޢާފަށް އެދެން. އަޅުގަނޑު ޓެކްސް ތްރީލައިން ވިޕާއި ޚިލާފްވާނެ. ޓެކްސް އިތުރު ކުރުމަށް އަޅުގަނޑު ތާއީދެއް ނުކުރަން މިފަދަ ނާޒުކު ދަނޑިވަޅެއްގައި.

– މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ވަނީ މިބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފައެވެ. އެމްޑީޕީން މިބިލު ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެފައިވާއިރު، ބިލުގެ މަސައްކަތް މުޅި މަޖިލިސް ކޮމެޓީގައި ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮލި
ރަގަޅު އިލްމީ ތަޖުރިބާއެއް ޓެކްނިކަލް ނޮލެޖެއް ނެތުމުން މިކަހަލަ ވާހަކަ ދައްކާނެއެވެ. އެމްޑީޕީގެ ސަރުކާރު ދަމަހައްޓާށާ ދެމިއޮތުމަށާއި ދައުލަތުގެ އިގްތިޞާދު ދެމެހެޓުމަށް މިއީ މިވަގުތައް މުހިއްމު ކަމެއް ވަގުތީ ސިޔާސީ ނުތަނަވަސް ކަމެއް އައިސްދާނެ.
އ އަލީ ރަށީދު ދެކުނު ތިލަ
އެމްޑީޕީގެ މިސަރުކާރަކީ މުޅިގައުމާއި އަދި ރައްޔިތުންނައް ވެސް ޖެހިފައިވާ ބޮޑު ބަލާއެއް ކަމެއް ރަގަޅު ނުކޮށް ދޭ ތާގައި އެއުޅެނީ އަތުޖެހުނު ގޮތަކައް ނިކަމެތި ރައްޔިތުން ފެލައިގެން ރައްޔިތުންގެ ލޭ ބޯން މިމީހުނގެނުރައްކާތެރިކަން ޑުރެކިއުލާ ޔަކައް ވުރެ ނުބައި މެމބަރު ރަސީދައް ތިވަރު ވިސް ނުނީތީ އުފާކުރަން އަލްހަމދު ލިއްލާހި