އިންޓަޕޯލްގައި ހިދުމަތްކުރުމަށް ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކަށް ފުރުސަތު

އިންޓަޕޯލްގައި ހިދުމަތްކުރުމަށް ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކަށް ފުރުސަތު

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2022 09:10
0

އިންޓަޕޯލް ހެޑްކުއާޓަރުގައި ހިދުމަތް ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު ފުރުސަތުގައި ދިވެހި ފުލުހުންގެ ޗީފް އިންސްޕެކްޓަރެއް، ތިން އަހަރުގެ މުއްދަތަކަށް އިންޓަޕޯލުގައި މަސައްކަތްކުރަން، އެތަނުގެ ހެޑްކުއާޓަރގައި ހުރުމުގެ ފުރުޞަތު ލިބިފައިވާކަމަށެވެ.

އޭނާ މަސައްކަތްކުރަން ހަމަޖެހިފައިވަނީ އިންޓަޕޯލްގެ ކްރައިމް ޔުނީޓުގައިކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ކަނޑައެޅޭ އޮފިސަރު މިހާރުވަނީ ހޮވާފައިކަމަށާ، މިއަހަރު ނިމުމުގެ ކުރިން އޭނާ އިންޓަޕޯލްގެ ހެޑްކުއާޓަރއަށް ފުރާނެކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ސްޕެޝަލިސްޓް ކްރައިމް ޔުނިޓެއްގައި މަސައްކަތް ކުރުމަށް މި އަހަރު ނިމުމުގެ ކުރިން އެ އޮފިސަރު ހަރަކާތްތެރިވާނެ.

– ސީޕީ ހަމީދު ކުރި ޓްވީޓްގައި ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލުކަން ތަރައްގީ ކުރުމަށް ވެސް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.