ޔާމީން ދައްކަވަނީ ކުޑަކުދިން ދައްކާކަހަލަ ބޯހަމަނުޖެހޭ ވާހަކަ: ޢިމްރާން

ޔާމީން ދައްކަވަނީ ކުޑަކުދިން ދައްކާކަހަލަ ބޯހަމަނުޖެހޭ ވާހަކަ: ޢިމްރާން

Author
މުޙައްމަދު ޖިމީ
18 އޮކްޓޯބަރ 2022 12:42
0

ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ބޭފުލަކު ބޯހަމަނުޖެހޭ ވާހަކަ ދައްކާތީ ހައިރާންވެވަޑައިގަންނަވާކަމަށް އަދާލަތު ޕާޓިގެ ރައީސް އަދި ހޯމް މިނިސޓަަރ އިމްރާން ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާލުވީ، ރައީސް ޔާމީންގެ ޝަރީޢަތްތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓަފް އަދި އަދާލަތު ޕާޓިގެ ޢަލީ ޒާހިރު ނުފޯޒް ފޯރުވާކަމަށް ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.

ރައީސް ޔާމީން ހއ.އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އަދާލަތު ޕާޓީގެ ޢަލީ ޒާހިރު އެމަނިކުފާނުގެ ޝަރީޢަތް ހިނގަމުންދާގޮތް އިރުއިރުކޮޅާ ބަލަން ޖެހެނީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ. ރައީސް ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ޢަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީނާމެދު އެއްވެސް ޝަޢުގުވެރިކަމެއް އަދި ޝަރީޢަތްތަކާމެދުވެސް އެއްވެސް ޝަޢުގެއް ނެތްކަމަށެވެ.

ރައީސް ޔާމީންގެ އެ ވާހަކަފުލަށް ރައްދު ދެއްވަމުން އަދާލަތު ޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ކުޑަކުދިން ދައްކާކަހަލަ ބޯހަމަނުޖެހޭ ވާހަކަ ދައްކާތީ ހައިރާންވެވަޑައިގަންނަވާކަަމަށެވެ.

ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު މީގެ ކުރިންވެސް ކޯޓުތަކުގެ ޝަރީޢަތްތަކަށް ނުފޫޒް ފޯރުވާކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ޢަލީ ޒާހިރު ވަނީ އެކަންކަން ދޮގުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ޝަރީޢަތް ހިނގަމުންނެވެ. ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑުކައްކާ
ކޮބާތަަ އިމްރާންއަތުގައިި ހުރިކަމައްބުނާާ ހެކިތައްް ބޯގޯސްވާހަކަަ ދޮގުވާހަކަަ ތާކުންތާކުނުޖެހޭވާހަކަަ ދުނިޔޭގަަ އަމިއްލަފައިދާއައްް މަސައްކަތްކުރާމީހުންް އޮޅިއްޖެެ ހެޔޮނުވާނެެ އިމްރާނޫޫ ދީނީވާހަނުދައްކާާ އަހަރުމެންް ލަދުގަނޭޭ އިމްރާންއާާ އެއްވަރަކައްް ހިގިގަމުންއައިި އަންހެނަކުު އިމްރާނައްް މުޚާތަބުކޮއްް އިމްރާންކުރިކަމައްް އެޔޮއްކިޔާވާހަކަތަކުންް އަވަހައްް އިސްތިއުފާދީފާގެއައްދޭޭ
ހ ހުސެއިން
އިމުރާނަށްވުރެއްބޯ ގޯސމީހަކުމަދުވާނެ އެއީއޭނާދައްކާފާހުރިވާހަކައަށްބަލާފާމިބުނީއިގޭތޯ