ހިންމަފުށީ ޖަލުން ފިލަން އުޅުނު ދެ ގައިދީން އަތުލައިގެންފި

ހިންމަފުށީ ޖަލުން ފިލަން އުޅުނު ދެ ގައިދީން އަތުލައިގެންފި

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2022 07:47
0

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީއަކު ރޭ އަތުލައިގެންފިއެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީއަކު ރޭ ހިފަހައްޓާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަން ފިޔަވާ އިތުރު ތަފުސީލެއް ސީޕީ ނުދެއްވައެވެ.

ކޮމިޝަނަރު ވިދާޅުވީ އެ ހާދިސާ ހިނގާދިޔައި ގޮތް މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްފަހު އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބެނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކުގައި ހިމެނޭ ގައިދީންނެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޖަލުން ގައިދީން ފިލާފައިވެ އެވެ. އެގޮތަށް ފިލައިގެން ދާ ގައިދީން ގިނަ ފަހަރަށް ހޯދައި އަލުން ހައްޔަރު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.