ޤަތަރު ވާލްޑް ކަޕް މެޗްތަކުގެ ޓިކެޓް 3 މިލިއަނާ ގާތްކުރާ އަދަދަށް ވިކިއްޖެ

ޤަތަރު ވާލްޑް ކަޕް މެޗްތަކުގެ ޓިކެޓް 3 މިލިއަނާ ގާތްކުރާ އަދަދަށް ވިކިއްޖެ

Author
ހުސެއިން
17 އޮކްޓޯބަރ 2022 08:24
0

އަންނަ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޤަތަރު ވާލްޑް ކަޕް 2022ގެ މެޗްތަކުގެ ޓިކެޓް 3 މިލިއަނާއި ގާތްކުރާ އަދަދަކަށް ވިކިފައިވާ ކަމަށް ފީފާގެ ރައީސް ގިއާނި އިންފަންޓިނޯ އާއި މި މުބާރާތުގެ އިވެންޓް އޯގަނައިޒަރުން ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

މިގޮތުން މިހާތަނަށް 2.89 މިލިއަން ޓިކެޓް ވިކިފައިވާއިރު، އެންމެ ގިނަ އަދަދަކަށް ޓިކެޓް ވިކިފައިވާ ގައުމުތަކަކީ ޤަތަރާއި، އެމެރިކާއާއި ސައުދީ އަރަބިއާކަމަށް ވާރލްޑްކަޕްގެ ޗީފް އޮޕަރޭޓިންގ އޮފިސަ ކޯލިން ސުމިތު ދޯހާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފައެވެ.

ރެކޯޑް ކޮށްފައިވާ ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން ފީފާގެ ރައީސް އިންފަންޓިނޯ ވިދާޅުވެފައިވަނީ، މިހާތަނަށް 240,000 ހޮސްޕިޓަލިޓީ ޕެކޭޖު ވިކި ހުސްވެފައިވާކަމުގެވެ. މި އަހަރުގެ ވާރލްޑް ކަޕްއަކީ މެދުއިރުމަތީގެ ގައުމެއްގައި ބޭއްވޭ ފުރަތަމަ ވާރލްޑް ކަޕެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.