4 އަހަރުގެ ކުޑަކުއްޖަކު ކާނުގަނޑެެއް ތެރެއަށް ވެއްޓި ޒަހަމުވެއްޖެ

4 އަހަރުގެ ކުޑަކުއްޖަކު ކާނުގަނޑެެއް ތެރެއަށް ވެއްޓި ޒަހަމުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2022 10:49
0

މާލޭގައި ކާނުގަނޑެއްގެ ތެރެއަށް ވެއްޓި 4 އަހަރުގެ ކުއްޖަކު ޒަހަމްވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކުއްޖާ ވެއްޓިފައިވަނީ ހީނާމަގުން ހިނގާފައި ދަނިކޮށް އެތަނުގައި އޮތް ބާ ކާނުގަނޑެއް ބިންދައިގެން ގޮހެވެ. މިދުވަސް ވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވުމާއިއެކު، މާލޭގެ މަގުތަކުގައި ހުރި ބައެއް ކާނުތައް ހަލާކުވެ ބޮޑެތި ބާގަނޑުތައް ވަނީ ކާނުގަނޑުތަކުގައި ހެދިފައެވެ.

ހަތަރު އަހަރުގެ ކުއްޖާ ކާނުގަނޑަށް ވެއްޓި ލިބުނު ޒަހަމްތަކަށް ވަނީ އޭޑީކޭގައި ފަރުވާ ހޯދާފައެވެ. މިހާދިސާއާއި ގުޅިގެން ސޯޝަލް މީޑިއާގައި މިކަން ހިނގައިގެން އުޅޭކަން ބަޔަކު ލިޔެ މޭޔަރު މުއިއްޒުގެ ސަމާލުކަމަށް އައުމުން ވަނީ އެކާނުގަނޑު ބަދަލުކޮށްފައެވެ.

މާލޭގެ މަގުތަކުގައި މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ދިމާވެއެވެ. ޚާއްސަކޮށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭ ދުވަސްތަކުގައި ކާނުތައް ސާފުނެ، އަދި ގިނަ ދުވަސްވީ ކާނުތައް ބަދަލުނުކުރެވި ހުރުމުން މިފަދަ ހާދިސާތައް ދިމާވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކާނު
ކާނުތެރެއަށް ކުއްޖަކު ވެއްތުނީމާ ވަރަށް ވެސް ދެރަ، ނަމަވެސް ކާނު ހަލާކު ކުރީ ޑރ މުއިއްޒުތޯ؟ ތީކީ މުއިްޒުއަށް ހެއްދެވި ނުހެއްދެވިއަށް ގޮވަން ޖެހޭ ކަމެއް ނޫން، މުއިްޒު ކައުންސިލްގޮވައިގެން ކުރަށްވާ ރަނގަޅު ކަންތައްތައް ނުފެންނަނީތޯ؟ އެކަންކަން ވެސް ހިއްސާކޮށްލެއްވިއްޔާ ކިހިނެއްތޯ ވާނީ؟؟
ސ ސައްލޭ
ކާނު ހަލާކުވަނީ ވިއްސާރައިގެ ސަބަބަކުން ނޫން.މަރާމާތު ނުކޮށް ގިނަ ދުވަސްވެފައި ވާތީ.