ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށްފަހު މާދަމާ ޖަނާޒާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އަޒުހާންގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވާއިރު ވަޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށްފަހުއެވެ.
ކަށުނަމާދު އޮތީ މާދަމާ ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހ.ބޮނޑިކަނދޮޅުގޭ މުޙައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނީ މިމަހުގެ 2 ވަނަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުގައި ހުރި ވެޔޮތަކެއްގެ ތެރެއިންނެވެ.

އަޒްހާންގެ ފޯނު ފުލުހުން ހޯދިފައިވާއިރު، އޭނާ މަރާލާފައިވާކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިމައްސަލައިގެ ތަހްގީގަށް މިހާތަނަށް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ