ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް އިބްރާހިމް މާހިރު އައްޔަންކޮށްފި

ފެމިލީ ކޯޓުގެ އިސް ޤާޟީކަމަށް އިބްރާހިމް މާހިރު އައްޔަންކޮށްފި

Author
މުޙައްމަދު ޖިމީ
13 އޮކްޓޯބަރ 2022 11:09
0

ފެމިލީ ކޯޓުގެ އިސްޤާޟީގެ މަޤާމަށް އަލްއުސްތާޛު އިބްރާހިމް މާހިރު ޢައްޔަންކޮށްފިއެވެ.

ޖޭއެސްސީން ބުނީ، ދިވެހިރާއްޖޭގެ ފެމިލީ ކޯޓަށް އިސް ޤާޟީއަކު ހޯދުމަށް ކުރި އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ފެމިލީ ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ، ރ.އަލިފުށި، މެޑޯޒް، އަލްއުސްތާޛު އިބްރާހިމް މާހިރުކަމަށެވެ.

ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް މާހިރު ޢައްޔަންކުރުމަށް ފެންނަކަމަށް އޮކްޓުބަރު 5 ދުވަހު ބޭއްވި ޖޭއެސްސީގެ 69 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

2005 ނޮވެންބަރު 09 ވަނަ ދުވަހު ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު އިބްރާހީމް މާހިރު އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގައި ފަނޑިޔާރުކަމުގެ މަޤާމުގައެވެ.

އެއަށްފަހު ފެމިލީ ކޯޓުގެ ޤާޟީކަމަށް ބަދަލުވެފައިވަނީ 2010 މޭ 23 އެވެ. ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި 12 އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއްގައި އަލްއުސްތާޛު އިބްރާހީމް މާހިރުވަނީ ޚިދުމަތް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.