މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

Author
ހުސެއިން
12 އޮކްޓޯބަރ 2022 06:57
0

މޯލްޑިވްސް މީޑިއާގެ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރުންގެ މެމްބަރުކަމުގެ ދައުރު އަންނަ ޑިސެމްބަރމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ހުސްވާ އެކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މެމްބަރުކަމުގެ ދައުރު ހަމަވާ 13 މެމްބަރުންގެ ތެރެއިން 7 މެމްބަރުންނަކީ މީޑިއާތައް ތަމްސީލުކުރާ މެމްބަރުންނެވެ. އަނެއް 6 މެމްބަރުންނަކީ އާންމުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރުންނެވެ. ކައުންސިލްގައި ތިއްބަވާ މީޑިއާތައް ތަމްސީލުކުރާ މެމްބަރުން މީޑިއާތަކުގެ ފަރާތުން ކުރިމަތިލާއިރު، އާންމުގެ ތެރެއިން ކުރިމަތިލާ މެމްބަރުން ވާންޖެހެނީ މިޑިއާތަކާއި ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މެމްބަރުންނަށެވެ.

މީޑިއާކައުންސިލްގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މެމްބަރުކަމަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ މުއްދަތަކީ މިމަހުގެ 23ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި 9 ޝަރުތެއް ފުރިހަމަވާން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.