ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިހު ސިންގަޕޫރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިހު ސިންގަޕޫރަށް

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2022 02:39
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ ރައީސް ޞާލިހު މިއަދު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާކަމަށެވެ. ނަމަވެސް މިދަތުރުފުޅާއި ގުޅޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ.

ރައީސް މިއަދު ސިންގަޕޫރަށް ވަޑައިގެންނެވިއިރު، މިދިޔަ އަހަރު އެމަނިކުފާނު ވަނީ ތައިރޮއިޑްގެ އޮޕަރޭޝަނެއް ސިންގަޕޫރުގައި ކުރައްވާފައެވެ. އޭގެ ފަހުން އެމަނިކުފާނު ގެންދަވަނީ ދޭތެރެ ދޭތެރެއިން ސިގަޕޫރަށް ވަޑައިގަންނަވަމުންނެވެ.

މިއީ މިއަހަރު ރައީސް ޞާލިހު ސިންގަޕޫރަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.