ރާޅާއަޅަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ފެނިއްޖެ

ރާޅާއަޅަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2022 02:37
0

ރާޅާއަޅަން ގޮސްއުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ފެނިއްޖެއެވެ.

އޭނާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މުއްޔާ ކައިރީގައި އޮންނަ އެއަތޮޅު ވޭވަށުން މިހާރު އެމީހާ ފެނިފައިވާކަމަށް މުލީ ކައުންސިލުން ބުނެފައިވާކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި ގެއްލުނީ މ.މުލި ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު 7 ފަތުރުވެރިންގެ ތެރެއިން މީހެކެވެ. މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 12:47 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މިދުވަސް ވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.