ތައިލޭންޑުގެ ކުރީގެ ޕޮލިސް އޮފިސަރަކު، ތައިލޭންޑުގެ އިރު އުތުރުގައި ކުޑަކުދިން ބަލަހައްޓާ ނާސަރީއަކަށް ހަމަލާދީ 30 މީހުން މަރާލުމަށްފަހު ހަމަލާދިން މީހާ އަމިއްލައަށް މަރުވެއްޖެއެވެ. އޭނާވަނީ އަމިއްލައަށް މަރުވުމުގެ ކުރިން އޭނާ އަމިއްލަ އާއިލާވެސް މަރާލާފައެވެ. މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
ތައިލޭންޑުގެ ނޮންގ ބުއާ ލަމް ފޫ ޕްރިވިންސްގައި ހިންގަމުންދާ ކުޑަކުދިން ބަލަހައްޓާ މި ސެންޓަރަށް ހަމަލާދިން މީހާ އަތުގައި ފިސްތޯލައަކާއި ވަޅިއެއްގެ އޮތްއިރު މިއަދުގެ މެންދުރު 12:30 ހާއިރު ހަމަލާ ދިނުމަށްފަހު އޭނާ އެ ސަރަހައްދުން ފިލައިގެން ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

"މި ހާދިސާގައި މަރުވި މީހުންގެ އަދަދު މަދުވެގެން 30 އަށް އަރާ،" ތައިލޭންޑުގެ ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.
މި ހާދިސާ ހިނގި ޕްރޮވިންސްގެ ޕޮލިސް ކާނަލް ޖައްކަޕަޓް ވިޖިޓްރައިތަޔަ ވިދާޅުވި ގޮތުގައި މި ހަމަލާ ދީފައިވަނީ، ޑްރަގް ބޭނުން ކުރުމުގެ ސަބަބުން ފާއިތުވެދިޔަ އަހަރު ފުލުހުންގެ މުވައްސަސާއިން ވަކި ކޮށްފައިވާ ލެފްޓިނެންޓް ކާނަލްއެއް ކަމުގައިވާ ޕަންޔާ ޚަމްރާބް ކަމުގައެވެ.
ޖައްކަޕަޓް ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި 23 ކުޑަކުދިންވެސް ހިމެނެއެވެ. އޭގެ ތެރޭގައި 2 އަހަރާއި 3 އަހަރަށްދާ ކުޑަކުދިންވެސް ހިމެނެއެވެ.
ތައިލޭންޑަކީ އާންމުން ބަޑި ގެންގުޅުން ގިނަ ގައުމަކަށްވި ނަމަވެސް، އެގައުމަކީ މި ވާބަތުގެ ހާދިސާތައް ހިގުން މަދު ގައުމެކެވެ.
އިންވެސްޓިގޭޓަރުން ވިދާޅުވެފައިވަނީ މި ހަމަލާ ދިން އުމުރުން 34 އަހަރުގެ މީހާވަނީ އޭނާ އަމިއްލައަށް މަރުވުމުގެ ކުރިން އޭނާ އަންހެނުންވެސް މަރާލާ އަދި އޭނާގެ ދޮންދަރިވެސް މަރާލާފައެވެ.
ކޮމެންޓު ފޮނުވާ