އައްޑޫ ސިޓީން ގެއްލިގެން ހޯދަމުންދިޔަ މީހާ މަސްދޯންޏެއްގައި ހުއްޓާ ފެނިއްޖެއެވެ.
އުބައިދު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިިދިޔަމަހުގެ 29 ވަނަ ދުވަހުގެ 8 ޖަހާކަންހާއިރެވެ. އަދި އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައިވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 28 އަހަރުގެ އުބައިދު ހަސަންއާއި ރޭގެ ވަގުތެއްގައި ގުޅިފައިވާކަމަށެވެ. އަދި އޭނާގެ ޙާލު ރަނގަޅުކަމަށާއި، އޭނާ ހުރީ މަސްދޯންޏެއްގައިކަމަށް ފުލުހުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ