އަލަތު ދަރިފުޅަށް ބަލިވެއިން ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އަމިއްލަ ފެޝަން ލޭބަލްގެ ދަށުން މެޓާނިޓީ ކަލެކްޝަނެއް ނެރެން ނިންމައިފިއެވެ.
އާލިއާ ވަނީ ސޯޝަލް މީޑިއާގައި މާބަނޑު ދުވަސްވަރު އަންހެނުން ލާން ހާއްސަ ހެދުން ކަލެކްޝަންގައި ހިމެނޭ ހެދުންވެސް ދައްކާލައިފައެވެ.
Edamamma Maternity Wear – made with a lot of love – for mama-beans ☀️🤰💗
Launching 14th October!! pic.twitter.com/CwqFZaVFKf— Alia Bhatt (@aliaa08) October 1, 2022
އާލިއާގެ މެޓާނިޓީ ކަލެކްޝަން ލޯންޗްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 14 ގައިއެވެ. ވަރަށް ފެޝަން އަދި އެހާމެ ކޮމްފޮޓެބަލް މި ކަލެކްޝަންގެ ނަމަކީ "އެޑަމަމާ މެޓާނިޓީ ވެއާ"އެވެ.
އާލިއާ އާއި އެކްޓަރ ރަންބީރު ކަޕޫރު ކައިވެނި ކުރީ މިއަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. ކައިވެންޏަށް 2 މަހުގައި އާލިއާ ވަނީ އެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައެވެ.
އެންމެ ފަހުން އާލިއާ އާއި ރަންބީރު ފެނިގެންދިޔައީ އެމީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ބްރައްމަސްތުރާ" އިންނެވެ. މި ފިލްމަކީ ބޮކްސްއޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ފިލްމެކެވެ.