އާޝިގީ 3 އަށް ރަޝްމިކާ؟

އާޝިގީ 3 އަށް ރަޝްމިކާ؟

Author
ފާތިމަތު ނާވީ
02 އޮކްޓޯބަރ 2022 07:27
0

ކާމިޔާބު އެތައް ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ އަނޫރާގް ބާސޫގެ އަސަރުގަދަ ލޯބީގެ ފިލްްމު "އާޝިގީ 3″ ގެ ބަތަލާ އަކީ ސައުތުގެ ޒުވާން ބަތަލާ ރަޝްމިކާ މަންދަނާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ކުރިން މި ފލްމުގެ ލީޑުން ކާތިކް އާރިޔާންއާ އެކުގައި ފެނިގެންދާނީ، ޓިވީ ތަރި ޖެނިފާ ވިންގެޓް ކަމަށްވެސް އަޑުއެރިއެވެ. ކޮންމެއަކަސް އަދި މިފިލްމަށް އެއްވެސް ބަތަލާއަކު ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ނަމަވެސް އެންމެ ފަހުގެ ޚަބަރުތަށް ބުނާގޮތުގައި "އާޝިގީ3″ ގެ ބަތަލާ އަކީ ރަޝްމިކާއެވެ. ރަޝްމިކާގެ ތަރި މެދު އުޑުގައި ފިޔަޖަން ފެށީ މިދިއަ އަހަރު ޑިސެމްބަރުގައި ރިލީޒް ކުރި އޭނާގެ ކާމިޔާބު ފިލްމް "ޕުޝްޕާ" އަށް ފަހުގައިއެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެ ފިލްމަށް ފަހު ބޮލީވުޑުގެ ގިނަ ފުރުސަތު ތަކެއް ދަނީ އޮހެމުންނެވެ. ނަމަވެސް އެއްވެސް ފިލްމަކަށް އެއްބަސް ވާއިރު ވަރަށް ބަލާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމު ހަދަން ނިންމާފައި ވަނީ "އާޝިގީ"ގެ ކުރީގެ ދެ ފިލްމު ވެސް ޕްރޮޑިއުސްކުރި މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ބޫޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ. މީގެ މިއުޒިކް ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ޕްރިތަމް އެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

މީގެ ކުރިން ނެރެފައިވާ އާޝިގީގެ ދެ ފިލްމަކީ ވެސް ބޮޑު ހިޓެކެވެ. "އާޝިގީ" ގެ ނަމުގައި މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ރިލީޒްކުރި ފުރަތަމަ ބައިން ފެނުނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް އެވެ. މި ފިލްމަކީ މިއަދު ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފިލްމެކެވެ. ހާއްސަކޮށް ފިލްމުގެ ލަވަތައް ގިނަ ބަޔަކު މިއަދުވެސް އަޑުއަހައެވެ.

2013 ގައި އަނުރާގް ޑައިރެކްޓްކޮށް ނެރުނު، ފިލްމުގެ ދެވަނަ ބައި "އާޝިގީ 2″ އިން ފެނުނީ އަދިތިޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ. މި ފިލްމަށް ވެސް ބޮޑު ކާމިޔާބެއް ލިބުނުއިރު މި ފިލްމުގެ ވެސް ލަވަތަކަކީ ގިނަ ބަޔަކަށް ކަމުދިއަ ލަވަތަކެކެވެ.

އަނޫރާގް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2020 އެންތޮލޮޖީ ފިލްމު "ލޫޑޯ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.