ބިޕާޝާ ކާހިތްވަނީ ޒިލޭބީ!

ބިޕާޝާ ކާހިތްވަނީ ޒިލޭބީ!

Author
ފާތިމަތު ނާވީ
01 އޮކްޓޯބަރ 2022 01:52
0

މީގެ ދެމަހެއްހާ ދުވަސް ކުރިން ބަނޑުބޮޑުކަން އިއުލާން ކުރި ބޮލިވުޑްގެ ބަތަލާ ބިޕާޝާ ބާސޫގެ "ޕްރެގްނެންސީ ކްރޭވިންސް" އަކީ ޒިލޭބީ ކަަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބިޕާޝާ އޭނާ ބަނޑުބޮޑުކަން އިއުލާން ކުރީ ފިރިމީހާ، އެކްޓަރ ކަރަން ސިންގް ގްރޯވަރާއި އެކުގައި ނަގާފައި ހުރި ފޮޓޯތަކަކާ އެކުގައިއެވެ. އޭގެ ފަހުން އޭނާ ސޯޝަލް މީޑިއާގައި އެތަށް ފޮޓޯ ތަކެއް ވަނީ އާންމުކޮށްފައިއެވެ.

ކޮންމެއަކަސް ބަނޑުބޮޑު ދުވަސްތައް ގުނަމުން އަންނަ ބިޕާޝާގެ މިހާރުގެ އެންމެ ފޭވަރިޓް އެއްޗަކަށް ވެފައިވަނީ ޒިލޭބީއެވެ. އަދި އޭނާ ޒިލޭބި ވަރަށް ގިނައިންކާކަމަށް ރިޕޯޓްތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރުއެވެ. އެމީހުން ބައްދަލުވީ ދެމީހުން އެކުގައި ކުޅުން ރޮމޭންޓިކް ބިރުވެރި ފިލްމު "އެލޯން" ގެ ސެޓުންނެވެ.

43 އަހަރުގެ ބިޕާޝާގެ މިއީ އަަލަތު ކައިވެނި ކަމުގައި ވިޔަސް ކަރަން ވަނީ ބިޕާޝާއާ ކައިވެނި ކުރުމުގެ ކުރިން އިތުރު ދެ މީހަކާ ކައިވެނިކޮށްފައެވެ.

އެއީ 2008-2009 އަށް ޓީވީ ތަރި ޝްރައްދާ ނިގަމް އާއި 2012 އިން 2014 އަށް މަޝްހޫރު ޓީވީ ތަރި ޖެނިފާ ވިންގެޓާއެވެ. އެކަމަކު އެ އިން އެއްވެސް ކައިވެންޏަކަށް ކަރަންއަށް ދަރިއަކު ނުލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.