"ތިރަންގާ"ގެ ޓިޒާ ދައްކާލައިފި

"ތިރަންގާ"ގެ ޓިޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
29 ސެޕްޓެމްބަރ 2022 06:57
0

ބޮލީވުޑްގެ ޒުވާން ބަތަލާ ޕަރީނިތީ ޗޯޕްރާ ކުޅޭ ފުރަތަމަ އެކްޝަން ފިލްމު "ކޯޑް ނޭމް ތިރަންގާ" ގެ ޓީޒާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

ޓީޒާގައި ވަރުގަދަ އެކްޝަން މަންޒަރު ތަކެއް ދައްކުވައި ދީފައިވެއެވެ. މި ވަތަނީ އެކްޝަން ތުރިލާ އަކީ މިދިޔަ އަހަރު ރިލީޒްކުރި ޕަރީނިތީގެ "ދަ ގާލް އޮން ދަ ޓްރެއިން"ގެ ޑައިރެކްޓަރ ރިބޫ ދާސްގުޕްތާ ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ޕަރީނިތީ އާއި އެކުގައި ފެނިގެންދާނީ އެކްޓަރު ހާރްދީ ސަންދޫއެވެ. މި ފިލްމުގައި ދެތަރިންވެސް ފެނިގެންދާނީ އޭޖެންޓުންގެ ގޮތުގައެވެ.

ފިލްމާއި ބެހޭގޮތުން ޕަރީނިތީ ބުނީ ފިލްމު ފެށުނީއްސުރެ އޭނާ ފެންނާނީ އޭޖެންޓެއްގެ ރޯލުން ކަމަށާއި އޭނާގެ މިޝަން ވެސް ވަރަށް ތަފާތުވާނެ ކަމަށެވެ.

އަންނަ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަ މި ފިލްމަކީ ބޫޝަން ކުމާރުގެ ޓީ ސީރީޒާއި ރިލައިންސް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.