މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2022 10:57
0

މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯ ކޮށްލައި އަންދާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ އެ ރަށުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ކަމަށް ބުނާ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ގެއެއްގެ ބޭރުގައި ހުރި އެ ސައިކަލު އޮތީ އެއްކޮށް އަނދައި، އަޅިއަށް ވެފައެވެ. މި ކުށަށް އަރައިގަތް ސަބަބެއް އަދި ނޭނގެއެވެ. އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލުގައި ރޯ ކޮށްލި މައްސަލަ ފުލުހުން މިހާރު ތަހުގީގް ކުރަމުންދާ އިރު، ފޮރެންސިކްސްގެ ޓީމެއް ވެސް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.