އަޒުހާން ގެއްލުނުތާ ހަތަރު ވަނަ ދުވަސް، އަދިވެސް ނުފެނޭ

އަޒުހާން ގެއްލުނުތާ ހަތަރު ވަނަ ދުވަސް، އަދިވެސް ނުފެނޭ

Author
މުޙައްމަދު ޝަޒައިމް
23 ސެޕްޓެމްބަރ 2022 03:23
0

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން މީގެ ހަތަރު ދުވަސް ކުރިން ގެއްލުނު މުހައްމަދު އަޒްހާން، 27، އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެ ފޭސް ދޭކުން އަޒުހާން ގެއްލިގެން އޭނާ ހޯދަމުންދާކަން ފުލުހުން އިއުލާން ކުރީ މިދިޔަ ހޯމަ ދުވަހުގެރޭގެ ވަގުތެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެފަހުން އޭނާ ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މުޙައްމަދު އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުއްވުމަށް ފުލުހުން އެދެއެވެ.

މުޙައްމަދު އަޛުހާން ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނުނީ ކޮންބަޔަކާއިއެކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އަޒްހާން މިދިޔަ އާދީއްތަ ދުވަހު ހެނދުނު 6:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.