ކުރީގެ ފިލްމީ ތަރި މަރިޔަމް ނިޝާ ޖޭޕީ އަށް

ކުރީގެ ފިލްމީ ތަރި މަރިޔަމް ނިޝާ ޖޭޕީ އަށް

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2022 04:37
0

ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ނިޝާ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

ނިޝާ ޖޭޕީއަށް ސޮއިކުރުމަށްފަހު، ފޯމު ހަވާލު ކޮށްފައިވަނީ އެޕާޓީގެ ނައިބް ރައީސް ސައުދާއިއެވެ. ނިޝާ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޭނާއާއިއެކު ކުރީގެ ފިލްތަކުގައި ހަރަކާތްތެރިވި ވަލީދާ ވަލީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖުމްހޫރީ ޕާޓީން ދަނީ އެޕާޓީއަށް މެމްބަރުން އިތުރުކޮށް، ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ކޮންގްރެންސުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް އަލުން އިންތިޚާބު ކުރެވިގެންދާނެއެވެ. އަދި އެޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނީ ވަކިންތޯ ނުވަތަ ކޯލިޝަނެއްގެ ތެރެއިންތޯވެސް ނިންމިގެންދާނެއެވެ.

މްހޫރީ ޕާޓީގެ 146ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ޤައުމީ ކޮންފަރެންސް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުޙިއްމު އެއް މަސައްކަތެއް ކަމުގައިވާ ޕާޓީގެ ރަށު ގޮފިތައް އަސާސީ ޤަވާޢިދާ އެއްގޮތަށް އެކުލަވާލާ ފުރިހަމަ ކުރުމަށްޓަކައި 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ވަނީ ނަގާފައެވެ.

‎ޕާޓީގެ ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކަމަށްޓަކައި އެއްވެސް ފަރާތަކުން މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ޕާޓީ ރަޖިސްޓްރާގެ އޮފީހުންނާއި ޕާޓީގެ އިދާރާއިން އެމައުލޫމާތެއް ލިބެންހުންނާނެކަމަށް އެޕާޓީން ބުނެއެވެ.

ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މިމަސައްކަތް ކުރުމަށް އެންމެހާ ބޭފުޅުންނަށް ފުރުސަތު އޮންނާނެކަމަށެވެ. އަދި މިކަމަށްޓަކައި ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމަށް ޕާޓީގެ އެންމެހާ ބޭފުޅުންނަށް ވެސް ފުރުޞަތު ފަހިވެފައި އޮންނާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.