ސުކޭޝް އަކީ އަހަރެންގެ ހުވަފެނުގެ ރާޖާ: ޖެކޮލިން

ސުކޭޝް އަކީ އަހަރެންގެ ހުވަފެނުގެ ރާޖާ: ޖެކޮލިން

މަކަރާއި ހީލަތުގެ މައްސަލަތަކެއްގައި ތާށިވެފައިވާ ބޮލީވުޑްގެ ބަތަލާ ޖެކޮލީން ފެނާންޑޭޒް، އޭނާ އެކަމުގެ ތެރެއަށް ވެއްދި ސުކޭޝް ޗަންދުރަޝޭކަރާއި ކައިވެނި ކުރާވަރަށް ލޯބިވިކަމަށް ޚަބަރުތަށް ބުނެފިއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތު ޖެކޮލީނަށް ކުރަނީ ސުކޭޝް ޗަންދްރަޝޭކަރު ކިޔާ މީހަކު މަކަރާއި ހީލަތުން 200 ކަރޯކް އިންޑިއަން ރުޕީސް ހޯދާފައިވާ މައްސަލައަކާއި ގުޅިގެނާއި ސުކޭޝް އަތުން އަގުބޮޑެތި ހަދިޔާތައް ޖެކޮލީނަށް ލިބުމާއި ގުޅިގެންނެވެ.

މި މައްސަލާގައި މިހާރު އެތައް ފަހަރެއްގެ މަތިން އިންޑިއާގެ އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން ވަނީ އޭނާއާ ސުވާލު ކޮށްފައެވެ. އަދި އޭނާ ހުރީ އިންޑިއާއިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ވެސް ހިފަހައްޓާފައެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މިކަމާއި ގުޅިގެން އަދިވެސް ދޭތެރެއަކުން ފުލުހުން އޭނާއާ ސުވާލު ކުރުމަށް ހާޒިރު ކުރެއެވެ. މިހުރިހާ ކަމެއްގެ ތެރޭގައި ތާށި ވުމުގެ ކުރިން ސުކޭޝްއާ ރައްޓެހިވެގެން އުޅުނު އިރުގައި ޖެކޮލީން ހުރީ ދުރު ނުވެވޭވަރަށް ސުކޭޝް ދެކެ ލޯބިވެފައި ކަމަށާއި އަދި ހުރީ ކައިވެނި ކުރަން ތައްޔާރަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ކައިވެނި ކުރުމަށް ޕްލޭން ކުރި ކަމަށާއި އެއީ އޭނާގެ ހުވަފެނުނެ ރާޖާ ކަމަށް ބުނެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި މަކަރާއި ހީލަތް ފަޅާ އެރިފަހުން ވެސް ސުކޭޝްއާ ގުޅުން ބާއްވަން ވެސް ޖެކޮލިން ބޭނުން ވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ ގަނޑާ ހުރެ މިހާރު ޖެކޮލިންގެ ކެރިއަރަށް އަންނަނީ ވަރަށް ބޮޑަށް އަސަރު ކުރަމުންނެވެ. އަދި ކުޅޭނެ ފިލްމެއް ނުލިބުމުގެ އިތުރުން ޕްރޮޑިއުސަރުން އޭނާ ލައްވާ ފިލްމު ކުޅުވަން މިހާރު ބޭނުން ނުވެއެވެ.

ސުކޭޝް އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރ ޖަޔަލަލީތާގެ ޕާޓީ، އޭއައިއޭޑީއެމްކޭގައި ކުރިން އޮތް ވާދަވެރި ސަސީކަލާގެ ފެކްޝަންގެ ފަރާތުން ޕާޓީގެ ލޯގޯއެއް ހޯދަން އިލެކްޝަންސް ކޮމިޝަނަށް 2017 ގައި ރިޝްވަތު ދިންކަމުގެ ދައުވާ ވެސް އުފުލުނު މީހެކެވެ.

އޭނާގެ މައްޗަށް ކުރެވޭ 200 ކްރޯޑް މަނީ ލޯންޑަރިންގެ ތުހުމަތުގެ މައްސަލައިގެ ތަގުގީގު ކުރިއަށްދާ އިރު މަކަރާއި ހީލަތުގެ އެތައް ތުހުމަތެއް ސުކޭޝްގެ މައްޗަށް ކުރެވެއެވެ.

ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައި ވީނަމަވެސް ޖެކޮލިން އަކީ ސްރީލަންކާއަށް ނިސްބަތްވާ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެންދިއައީ އަކްޝޭ ކުމާރާއި އެކުގައި "ބަޗަން ޕާންޑޭ" އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *