ކަޒަކިސްތާނުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ފަށައިފި

ކަޒަކިސްތާނުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ފަށައިފި

Author
މުޙައްމަދު ޖިމީ
18 ސެޕްޓެމްބަރ 2022 08:26
0

ކަޒަކިސްތާނަށް ދަތުރުކުރަން ބޭނުންވަ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ފަށައިފިއެވެ.

ދިވެހިންނަށް ކަޒަކިސްތާނަށް ދަތުރުކުރާއިރު 30 ދުވަހުގެ  އޮން އެރައިވަލް ވިސާ ދޫކުރަން މި ފެށީ މިދިޔަ މަހު ރާއްޖެއާއި އެޤައުމާއި ދެމެދު މެއިމަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުންނެވެ. 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރިނަމަވެސް، އެއަށްވުރެ ގިނަ ދުވަހު އެޤައުމުގައި ހުރުމަށް ދަތުރުކުރާނަމަ ވިސާ ނެގުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ރާއްޖޭގެ ޕާސްޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކަމުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން އެކަން ބަލައިގަނެ އޮން އެެރައިވަލް ވިސާ ރާއްޖެއަށް ދަނީ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.